ކ. މާލެ
|
18 އޭޕްރިލް 2021 | އާދީއްތަ 00:07
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19 އަދަދުތައް އަނެއްކާވެސް 100ން މައްޗަށް
 
އަތޮޅުތެރެއިން ރިޕޯޓުކުރީ 33 ކޭސް
 
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 78 މީހުން

ހޮނިހިރު ދުވަހު ރިޕޯޓުކުރި ކޮވިޑް-19 ކޭސްތަކުގެ އަދަދު 100ން މައްޗަށް އަރާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރު އޮއްސި ހަޔަކުން ފެށިގެން ހޮނިހިރު ދުވަހު އިރު އޮއްސި ހަޔަކާ ދެމެދު ނެގި 2،503 ސާމްޕަލްގެ ތެރެއިން 124 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 78 މީހުންނާއި، އަތޮޅުތެރެއިން ރިޕޯޓުކުރި 33 ކޭހުގެ އިތުރަށް ރިސޯޓުތަކުން 18 ކޭހާއި ލިވް އެބޯޑްތަކުން އެއް ކޭހެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 26،145ށް އަރާފައެވެ. އޭގެ ތެރެއިން 23،482 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 2،503 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި 53 މީހަކު އެޑްމިޓުކޮށްފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 69 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑްގެ ތިންވަނަ ރާޅާއެކު ޖެނުއަރީމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހިގެން އާންމުގޮތެއްގައި ދުވާލަކު ރިޕޯޓްކުރަމުން އަންނަނީ 100ން މަތިންނެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެއަދަދު 300ށް ވެސް އަރާފައިވެއެވެ. އޭގެ ފަހުން ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވުމުން ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ.

ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދު 100ން މައްޗަށް މި ޖެހުނީ މި އަދަދު 100ން ދަށުގައި އުޅޭތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް