ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 22:55
ކޮވިޑް-19
ކޮވިޑް-19
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޭސްތަކުގެ އަދަދު ދަށްވަނީ، ހުކުރު ދުވަހު 82 ކޭސް
 
ރިސޯޓުތަކުން 18 މީހުން ޕޮޒިޓިވްވެފައިވޭ
 
މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 24 މީހުން
 
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 42 މީހުން

ހުކުރު ދުވަހު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 82 މީހުން ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކާ ދެމެދު ނެގި 1،792 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 82 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 42 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 24 މީހުންގެ އިތުރަށް ރިސޯޓުތަކުން 18 މީހުންނެވެ.

މިއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،021ށް އަރާފައެވެ. އޭގެ ތެރެއިން 23،360 މީހުން ވަނީ ރަނގަޅުވެފައިވާއިރު ރާއްޖެއިން މިވަގުތު މި ބައްޔަށް ފަރުވާހޯދަމުން އަންނަނީ 2،584 މީހުންނެވެ. އޭގެ ތެރެއިން 53 މީހުންނަށް ފަރުވާދެމުންދަނީ އެޑްމިޓްކޮށްގެންނެވެ. މި ބަލީގައި 68 މީހުން ވަނީ ރާއްޖެއިން މިހާތަނަށް މަރުވެފައެވެ.

ކޮވިޑްގެ ތިންވަނަ ރާޅާއެކު ޖެނުއަރީމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހިގެން އާންމުގޮތެއްގައި ދުވާލަކު ރިޕޯޓްކުރަމުން އަންނަނީ 100ން މަތިންނެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެއަދަދު 300ށް ވެސް އަރާފައިވެއެވެ. ރާއްޖޭގައި މިހާރު ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް
16 އޭޕްރިލް 2021 | ހުކުރު 23:22
ސާމްޕަލް
ސާމްޕަލް ނަގާ އަދަދު މަދުވީމާ ކޭސްތައްވެސް މަދުވާނެދޯ؟