ކ. މާލެ
|
16 އޭޕްރިލް 2021 | ހުކުރު 17:07
ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް
ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް
ރާއްޖެއެމްވީ
އިންޓަނެޓްގެ އަގު ހެޔޮކުރުން
"އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވީ ވަޢުދު ފުއްދައިދެވިއްޖެ"
 
ކަންބޮޑުވުންތައް ހުރީ އިންޓަނެޓްގެ އަގުގެ އެކަނި ނޫން ކަމަށާއި، ކަންބޮޑުވުންތައް ދެން ހުރި ދާއިރާތަކުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި
 
ރަމަޟާންމަސް ފެށުމުގެ ކުރިންވެސް މި އަގު ހުރީ 33 ރުފިޔާގައިކަމަށް ވިދާޅުވި
 
މިހާރު ޖީބީއެއްގެ އަގު ހުރީ ފަސް ރުފިޔާ ބަޔަށްކަމަށް ވިދާޅުވި

އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ފުއްދާދެވިއްޖެކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންވަނީ، އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އިންޓަނެޓްގެ ޚިދުމަތަކީ ސީދާ ސަރުކާރުން ދޭ ޚިދުމަތަކަށް ނުވާއިރު، މި ޚިދުމަތުގެ އަގު ކޮންޓްރޯލްކޮށް ކުޑަކުރުމަށް އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރަމުންދަނީ އިންޓަނެޓްގެ އަގާއި އަދި އިންޓަނެޓުން އިތުރު މަންފާތަކާއި ނަފާތަކެއް ލިބޭނީ ކޮން ގޮތަކަށްތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށާއި މި މަސައްކަތް އެއްވެސްއިރަކު ހުއްޓާނުލާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

މި ހަރަދުގެ ވާހަކަދައްކާއިރު، މި ސަރުކާރުން ވެރިކަމާއި ހަވާލުވެގެން އައިއިރުގައި އިންޓަނެޓަށް ރައްޔިތުން ކުރާ ހަރަދާއި، މިހާރު ކުރާ ހަރަދާއި އަޅާ ކިޔަން ޖެހޭ ކަމަށް ވިދާޅުވެ އަލީ ސޯލިހު ވަނީ މިއަދު ކުންފުނިތަކާއި ވާހަކަދައްކައިގެން އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަދު ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭކަމަށާއި މިނިސްޓްރީން މަސައްކަތް ފެށިއިރާއި، މިދިޔަ އަހަރާއި ހަމައަށްވެސް، އަދި މިއަހަރުގެ މި ރަމަޟާންމަސް ފެށުމުގެ ކުރިންވެސް މި އަގު ހުރީ 33 ރުފިޔާގައިކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ބަޔަަކަށް، މިއަދު އެ އަގަށް 180 ޖީބީ ލިބޭކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑު ހެޔޮ ބަދަލެކޭ މި ދަންނަވަނީ މިއަދު އަޅުގަނޑުމެންނަށް ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ، އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި، މިދިޔަ އަހަރާއި ހަމައަށްވެސް، މިއަހަރުގެ މި ރަމަޟާން މަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް ހުރި އެއްޗެއް ފަސް ރުފިޔާ ބަަޔަށް ލިބޭ ވާހަަކަ މި ދަންނަވަނީ، އަޅުގަނޑުމެން މި ދަންނަވަނީ "މޯބައިލް ޑޭޓާ" ވާހަކަ، 1000 ރުފިޔާއަށް 30 ލިބެމުންދިޔަ ބަޔަަކަށް، އަޅުގަނޑުމެންނަށް މިއަދު އެބަ ލިބެޔޭ 180 ޖީބީ މާނައަކީ، ފަސް ރުފިޔާ ބަޔަށް ޖީބީއެކޭ. އިންޓަނެޓްގެ އަގާއި ގުޅޭގޮތުން މިއަދު އަޅުގަނޑު މިތާއިނދެ ދަންނަވާލަން ކެރޭ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ވަޢުދު ފުއްދާދެވިއްޖެ
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް

ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ އިންޓަނެޓްގެ އަގުގެ އެކަނި ނޫން ކަމަށާއި، ކަންބޮޑުވުންތައް ދެން ހުރި ދާއިރާތަކުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙްވަނީ، އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ފުއްދާދެވިއްޖެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް
17 އޭޕްރިލް 2021 | ހޮނިހިރު 14:56
..........
ކެކެކެ އައްދޯއި. މަލީހު ހަމަ ވަކިވީ އަގު ހެޔޮވީ! އިންޓަނެޓް ބޭނުންކުރާ މީހުންނަށް ހީވެސްނުވޭ. ޖީބަކަށް ލުޔެއް ނުވޭ. ޖީބީ އިތުރެއް ނުވޭ. ހުވާ މަ ހީނހީނ
17 އޭޕްރިލް 2021 | ހޮނިހިރު 04:35
ޙުސެން
4 ކޭ 4 ކޭ ނުކޮyާ