ކ. މާލެ
|
15 އޭޕްރިލް 2021 | ބުރާސްފަތި 12:14
ދިވެހިބަހުގެ އެކެޑެމީގެ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކުރުން
ދިވެހިބަހުގެ އެކެޑެމީގެ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކުރުން
ޓްވިޓަރ
ދިވެހިބަހުގެ ދުވަސް ފާހަގަކުރުން
ދިވެހިބަހުގެ ދުވަހު ދިވެހިބަހުގެ އެކެޑެމީން ޓިކްޓޮކަށް
 
އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮއްދެއްވީ ދިވެހިބަހުގެ އެކެޑެމީގެ ރައީސް
 
"އިއްވި ލިޔަނި" "ލިޔަނި އިއްވި" މި ނަމުގައި އެކެޑެމީން އެޕްލިކޭޝަނެއް ވެސް ނެރެފައިވޭ
 
ދިވެހިބަހުގެ ދުވަހުގެ ޖަލްސާގައި އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގެންނެވި

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑެމީން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހުކޮށްފިއެވެ.

ދިވެހިބަހުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި، ދިވެހިބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮށްދެއްވީ ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީއެވެ.

އޭޕްރީލް 14 ވަނަ ދުވަހު ބޭއްވި ޖަލްސާގައި "އިއްވި ލިޔަނި" "ލިޔަނި އިއްވި" މި ނަމުގައި އެޕްލިކޭޝަނެއް ވެސް ނެރެފައިވެއެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޚާއްސަ މުޝީރު އަބްދުﷲ ޞާދިގެވެ.

"އިއްވި ލިޔަނި" "ލިޔަނި އިއްވި"  މި އެޕްލިކޭޝަނަކީ، ދިވެހިބަހުން ލިޔާ އެއްޗެއް ފަންނިއްޔާތުގެ އެހީގައި އަޑުއަހާލެވޭ އަދި ދިވެހިބަހުން އިއްވާ އަޑުތައް ލިޔުމެއްގެ ގޮތަށް ބަދަލުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއްކަމަށް ދިވެހިބަހުގެ އެކެޑެމީން މައުލޫމާތުދެއެވެ. ދިވެހިބަހުގެ އެކެޑެމީން މި އެޕްލިކޭޝަން އާ ގުޅޭ ގޮތުން އިތުރަށް ބުނީ، މިއީ ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތައާރަފުކުރެވުނު އެޕްލިކޭޝަނެއް ކަމަށެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އެކެޑެމީން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، އަބްދުﷲ ޞާދިގެވެ. މި ޖަލްސާގައި އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި ސްޓޭޓް މިނިސްޓަރ އަހްމަދު ތާރިގާއި އެ މިނިސްޓްރީގެ ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް