ކ. މާލެ
|
11 އޭޕްރިލް 2021 | އާދީއްތަ 19:17
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ
ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުން
ރިސޯޓުތަކުން އިތުރު އިމާމުން ތަމްރީނު ކުރުމަށް އަދިވެސް މިނިސްޓްރީ އޮތީ ތައްޔާރަށް - އިސްލާމިކް މިނިސްޓަރ
 
ތަމްރީނު ފުރިހަމަ ކުރި އިމާމުން އޮންލައިންކޮށް ބައިވެރިވެފައިވާއިރު އެ މީހުންނަށް ސެޓްފިކެޓް ހަވާލު ކޮށްފައިވޭ

ރިސޯޓުތަކުން އިތުރު އިމާމުން ތަމްރީނު ކުރުމަށް އެދޭނަމަ ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އެފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އިސްލާމިކް މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ތަމްރީނު ފުރިހަމަ ކުރި އިމާމުން އޮންލައިންކޮށް ބައިވެރިވެފައިވާއިރު އެ މީހުންނަށް ސެޓްފިކެޓް ހަވާލު ކޮށްފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަހަރުގެ ފުރުސަތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ކޮންމެ ރިސޯޓަކުން ވެސް 2 ބައިވެރިނަން ކަމަށެވެ. އަދި މި ކޯސް ހިންގާފައިވަނީ އެކިއެކި ބެޗްތަކަށް ބަހާލައިގެން ޖުމްލަ 5 ބެޗަށް ކަމަށެވެ. އިތުރު 2 ބެޗަށް މި ކޯސް އަދި ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ރަމަޟާން މަހަށް ފަހުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި ތަމްރީނުތައް ހިންގުމަށްޓަކައި އެހީތެރިވި އެންމެހާ އިމާމުންނާއި މުދައްރިސުން ނުހަނު ބުރަކޮށް އުޅުއްވަމުން ވެސް މިކަމަށް ދެއްވާފައިވާ އެއްބާރުލުން ފާހަގަކުރައްވާ މިނިސްޓަރ އެހުރިހާ އިމާމުންނާ މުދައްރިސުން އަދި އެހީތެރިންނަށް ވެސް ޝުކުރުއަދާކުރައްވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މި ތަމްރީނު ޕްރޮގްރާމަށް ދެއްވި އެއްބާރުލުން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޓޫރިޒަމް މިނިސްޓަރާ އެ ސިނާއަތުގެ އެންމެހާ މީހުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެން ވާހަކަދެއްކެވިއެވެ. މިނިސްޓަރގެ ވާހަކައިގައި ވަނީ އިސްލާމިކް މިނިސްޓްރީން ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް