ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 22:41
ހޯރަފުށީ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ހޯރަފުށީ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
އެމްޓީސީސީ
ހޯރަފުށީ މަގު ހެދުމުގެ އެއްބަސްވުން
ހޯރަފުށީގެ މަގު ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި
 
11 މަގެއް ތާރު އަޅައިގެން ހެދުމަށް ހަމަޖެހިފައިވޭ
 
470 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ

ހއ ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮަށްފިއެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް 5,303 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 11,113.80 (އެގާރަހާސް އެއްސަތޭކަ ތޭރަ ޕޮއިންޓް އަށެއް ސުމެއް) އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާ އާއި މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު 71.90 މިލިއަން ރުފިޔާގެ މި މަަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 470 ދުވަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް