ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 14:04
ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާ ނީލަން ކިޔުން
ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާ ނީލަން ކިޔުން
އެމްޕީއެލް
ކްލިއަރ ނުކޮށްހުރި މުދާތައް ނީލަން ކިޔުން
މާލޭގެ ވިޔަފާރި ބަނދަރަށް ބާލާފައި ނުގެންގޮސް ހުރި މުދާ ނީލަން ކިޔަނީ
 
ނީލަން ކިޔާ މުދާ ދައްކާލުން އޮންނާނީ 19 ވަނަ ދުވަހު
 
ނީލަމުގައި ބައިވެރިވާން ހުށަހަޅަން ޖެހޭނީ 20 ވަނަ ދުވަހު
 
ނީލަން ކިޔުން އޮންނާނީ 21 އެޕްރީލްގައި

މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބަހައްޓާފައިވާ މުދާ ނީލަން ކިޔަން އެމްޕީއެލްއިން ނިންމައިފިއެވެ.

ނީލަން ކިޔާ މުދާ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްރީލް 19ވަނަ ދުވަހު ހެނދުނު 10:00 ގެ ކުރިން މުދާ ބެލުމަށް އެދޭ ފޯމް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެމްޕީއެލުން ބުންޏެވެ. އަދި މުދާ ބެލުން އޮންނާނީ ހަމަ އެ ދުވަހުގެ ހަވީރު 4:30ގައެވެ. އެމްޕީއެލުން ބުނީ މުދާބެލުމަށް ދާއިރު ޕޯޓް ގެ ގަވާއިދާ އެއްގޮތަށް ބޫޓް، ވެސްޓް އަދި ހެލްމެޓް ހިފައިގެން ދާންޖެހޭ ކަމަށެވެ.

ނީލަމުގައި ބައިވެރިވެވޭނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ. ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ފަރާތްތަކަށް ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.

ނީލަން ކިޔުން އޮންނާނީ، 21 އޭޕްރިލް 2021  ވާ ބުދަ ދުވަހު 14:00 ން ފެށިގެން، އެމްޕީއެލް ހެޑް އޮޕީހުގެ ބަނދަރު މާލަމުގައި ކަމަށް އެމްޕީއެލުން މައުލޫމާތު ދެއެވެ.  

ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާ ނީލަން ކިޔުން - އެމްޕީއެލް

އެމްޕީއެލްއިން ބުނީ، މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ އެ ކުންފުނީގައި މުދާ ނީލަން ކިޔުމަށް ހެދިފައިވާ ގަވާއިދުގެ ދަށުން ކަމުގައެވެ. މި ނީލަމާއިބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv)  އިން ލިބެން ހުންނާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް