ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 12:09
ޖޭއެސްސީގެ މަސައްކަތްތައް
ޖޭއެސްސީގެ މަސައްކަތްތައް
ރާއްޖެއެމްވީ
ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ
ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ތަހުގީގުކުރަނީ
 
އެއް މައްސަލައަކީ ގާޒީ މުހައްމަދު ސަމީރާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް
 
އަނެއް މައްސަލައަކީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ ސުލޫކީ މައްސަލައެއް
 
ގާޒީ ސަމީރުގެ މައްސަލައެއް މިއަހަރުގެ ކުރީކޮޅުވެސް ޖޭއެސްސީން ބަލާފައިވޭ

ދެ ގާޒީއެއްގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ތަހުގީގު ކުރުމަށް ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރާއި ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ ސުލޫކީ މައްސަލައެކެވެ.

ގާޒީ ސަމީރާއި ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައަކީ، މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އަމަލު ކުރައްވާފައިވާ ގޮތާއި ގުޅޭ މައްސަލައެކެވެ.

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރުމަށް ނިންމާފައިވަނީ، އެއްވެސް ޚަސްމަކު ހާޒިރު ކުރުމަކާއި ނުލާ، ހުކުމް ތަންފީޒުގެ މައްސަލައެއް ބައްލަވާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމަކާއި ގުޅިގެންނެވެ.

މި ދެ ގާޒީންގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް، ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައި ވާކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ގާޒީ ސަމީރުގެ މައްސަލައެއް ޖެނުއަަރީމަހު ވެސް ޖޭއެސްސީން ބަލާފައިވެއެވެ. އެއީ  އެއީ ޝަރީޢަތުގެ އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުސަތު ދައުވާލިބޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް އަމަމަލުކުރައްވައި، ޝަރީއަތުގެ އަޑުއެހުންކުރިއަށް ގެންދިއުމުގައި އެކަށީގެން ނުވާގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް