ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 13:39
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން
ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޑަބްލިޔުއެސްސީ
ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމުކުރުން
ކިނޮޅަހުގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް
 
ނަރުދަމާ ވިޔުގަ ގާއިމުކުރުމުގެ 40 އިންސައްތަ ވަނީ ނިމިފައި
 
އާރޯ ފެސިލީޓީ ބިލްޑިންގެ 82 އިންސައްތަ މިހާރުވަނީ ނިމިފައި

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ މައުލޫމާތު ޓުވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީމަހު ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު، މިހާތަނަށް މަސައްކަތުގެ 23 އިންސައްތަ ވަނީ ނިންމާލާފައެވެ.

މި މަޝްރޫއުގެ ދަށުން 464 މީހުންގެ އާބާދީއެއް އޮންނަ ކިނޮޅަހުގައި 11.8 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. އަދި އާރޯ ފެސިލީޓީ ބިލްޑިންއެއް ގާއިމުކުރަން ހަމަޖެހިފައިވާއިރު، މި މަސައްކަތުގެ 82 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ.

މީގެ އިތުރުން ފެން އުފެއްދުމާއި ދެ އާރޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ ދެ ތާނގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 114 ގެއެއްގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގޭގެއަށް ބޯފެން ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

36.4 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ކިނޮޅަހުގައި 7.3 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި 0.77 ކިލޯ މީޓަރު ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފްލޯ ގާއިމުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާ ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާ ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ މައުލޫމާތުދީފައެވެ.

ނަރުދަމާގެ މަސައްކަތުގެ ދަށުން ނަރުދަމާ ނެޓްވޯކް ގާއިމްކުރުމުގެ 40 އިންސައްތަ ނިމިފައިވާއިރު، 114 ގެއަށް ނަރުދަމާ ގުޅައިދިނުމުގެ 61 އިންސައްތަ ވަނީ ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް