ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 13:28
ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޑަބްލިޔުއެސްސީ
ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުން
ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
 
ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ 2 ތާނގީ ބެހެއްޓުމަށް ވަނީ ނިންމާފައި
 
ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ޕްލާންޓް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި
 
ފެނުގެ ނިޒާމު ފަރުމާކޮށްފައިވަނީ 20 އަހަރަށް އެއްވެސް ދައްްޗެއްނެތި ޚިދުމަތް ދެވޭގޮތަށް

އދ.ހަންޏާމީދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ރުގިއްޔާ މުހައްމަދާއި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހުގެ އިތުރުން އެކުންފުނީގެ ބޯޑު މެންބަރު އިބްރާހީމް އަންވަރެވެ.

ހަންޏާމީދޫގައި ގާއިމުކުރާ ފެނުގެ ނިޒާމު ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ތަކެތި ބޭނުންކޮށްގެން ގާާއިމުކުރާ ނިޒާމަކަށްކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. އަދި މިނިޒާމު ފަރުމާކޮށްފައިވަނީ ކުރިއަށް އޮތް 15 ނުވަތަ 20 އަހަރަށްވެސް އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ދެވޭގޮތަށް ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

އެމް.ޑަބްލިއު.އެސް.ސީން އދ.ހަންޏާމީދޫގައި ކުރިއަށްގެންދާ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ޕްލާންޓް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ 2 ތާނގީ ބެހެއްޓުމަށް ނިންމާފައިވާއިރު، ވިއްސާރަ މޫސުމުގައި ވާރޭފެން ރައްކާކުރުމަށްޓަކައި 503 ޓަނުގެ ތާނގީއެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ. ފެން އުފެއްދުމަށްޓަކައި ފެން ނަގަން ހަމަޖެހިފައިވަނީ ބިމުގެ 30 ނުވަތަ 40 މީޓަރު އަޑިއަށް ބޯހޯލް ތޮރުފައިގެންނެވެ. ހަންޏާމީދޫގައި ފެން ނެގުމަށް 2 ބޯހޯލް ތޮރުފާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް