ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 23:24
ޕޮޒިޓިވް ކޭސް
ޕޮޒިޓިވް ކޭސް
އެޑިޝަން.އެމްވީ
ރާއްޖޭގެ ކޮވިޑްގެ ޙާލަތު
ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާވެސް މައްޗަށްގޮސް 132 މީހުން ޕޮޒިޓިވްވެއްޖެ
 
އަތޮޅުތަކުން 45 މީހުން ޕޮޒިޓިވްވި
 
ހިންގަމުންދާ ރިސޯޓްތަކުން ވަނީ 19 މީހުން ޕޮޒިޓިްވްވެފައި
 
ޖެހިޖެހިގެން ދެ ދުވަހު ކޭސް ފެންނަ މިންވަރު ވަނީ ދަށަށްގޮސްފައި

ރާއްޖެގައި ކޮވިޑްގެ ކޭސްތައް ދުވަހަކަށްވުރެ ދުވަހެއް މަދުވަމުންދަނިކޮށް، އަނެއްކާވެސް ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ހިނގައްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 132 މީހުންނެވެ. އޭގެކުރީ 24 ގަޑިއިރު ކޮވިޑަށް ޕޮޒިޓިވްވީ 103 މީހުންނެވެ. ބުރާސްފަތި ދުވަހު ޕޮޒިޓިވްވެފައިވަނީ 169 މީހުންނެވެ. މިއާއެކު ނަންބަރުތައް މައްޗަށް ގޮސްފައިމިވަނީ ނަންބަރުތައް ޖެހިޖެހިގެން ދެ ދުވަހު ދަށަށްގޮސްފައި އޮތުމައްފަހުއެވެ. ރާއްޖޭގައި އޭޕްރީލް 1 ވަނަ ދުވަހު ވަނީ ރިކޯޑް މިންވަރަކަށް ކޭސްތައް ރިޕޯޓް ކޮށްފައެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 300 މީހުންނެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ހުކުރު ދުވަހުގެ ހަވީރު 06:00ން ފެށިގެން ހޮނިހިރު ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑަށް 3049 މީހުންގެ ޓެސްޓު ކޮށްފައިވެއެވެ. އޭގެތެރެއިން 132 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 6 މީހުންނެވެ. އަތޮޅުތަކުން 45 މީހުން ޕޮޒިޓިވްވިއިރު ހިނގަމުންދާ ރިސޯޓްތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތު 3061 މީހަކަށް މިބަލީގައި ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 83 މީހުންނަށެވެ.

ރާއްޖޭގައި މުޅި ޖުމްލަ 24،783 މީހުންނަށް ވަނީ މިހާތަނަށް ކޮވިޑް ޖެހިފައެވެ. އަދި 67 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް