ކ. މާލެ
|
4 އޭޕްރިލް 2021 | އާދީއްތަ 19:09
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - އާދީއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދުވާނެ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - އާދީއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދުވާނެ
ރާއްޖެއެމްވީ
ސަރުކާރު ބަންދު ދުވަސް
އަންނަ އާދީއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު
 
ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނެ
 
އިންތިޚާބުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެ
 
ރަމަޟާން މަހުގެ ފުރަތަމަ ދުވަސްވެސް ބަންދުކުރަން ވަނީ ނިންމަވާފައި

އަންނަ ހަފުތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ހިނގާ އެޕްރީލް މަހުގެ 11 އަދި 12 ވަނަ ދުވަސް ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސް ޞާލިޙް ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި މި ނިންމުން ނިންމާފައިވަނީ އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަލަންޑަރުގައިވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، އޭޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެނަމަ، އެ ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
100%
0%
0%
ކޮމެންޓް