ކ. މާލެ
|
2 އޭޕްރިލް 2021 | ހުކުރު 12:33
ބާޒާރުމަތި މުދާ އުފުލަނީ،
ބާޒާރުމަތި މުދާ އުފުލަނީ،
ރާއްޖެއެމްވީ
މުދާ ވިއްކާ ތަންތަނުން ޚިދުމަތްދޭ ގޮތް
ރަމަޟާން މަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކަނޑައަޅައިފި
ރަމަޟާން މަސް ފެށެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30ން މެންދަމު 12:00ށް
ރަމަޟާން މަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00ން މެންދަމު 12:00ށް
އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވޭ

ރަމަޟާން މަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 01 އޭޕްރިލުން ފެށިގެން ރަމަޟާން މަސް ފެށެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30ން މެންދަމު 12:00 އެވެ. އަދި ރަމަޟާން އިން ފެށިގެން، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00ން މެންދަމު 12:00 ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން އެ ގަޑިތަަކަށް ތަންތަން ހުޅުވައިގެން ޚިދުމަތް ދިނުމަށް އެ މިނިސްޓރީން އެދިފައިވެއެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

- ކޮމެންޓް