ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 17:11
 ވެކްސިން ޖަހަނީ
ވެކްސިން ޖަހަނީ
ރާއްޖެއެމްވީ
ފައިޒަރ ވެކްސިން ޖަހަން ފެށުން
ފައިޒަރ ވެކްސިން ލިބިއްޖެ، ވެކްސިން ޖަހާނީ ޚާއްސަ ހާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި
 
މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދޭނެ
 
މިވެކްސިން ޖަހާނީ ހަމައެކަނި މާލޭގައި ކަމަށް އެޗްޕީއޭއިން ބުނޭ
 
އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވަކި ބާވަތްތަކުގެ ބަލި ޙާލަތްތައް ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވޭ
 
ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށް

ކޮވެކްސް ފެސިލިޓީގެ ދަށުން ދިވެހިރާއްޖެއަށް ކޮވިޑް-19 ގެ 5500 ޑޯޒްގެ ފައިޒަރ ވެކްސިން ލިބިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މި ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ހާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޙާލަތްތަކުގެ މީހުންނަށެވެ.

އެގޮތުން މިވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ :

- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ(އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން

- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން

- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން

- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން

- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

މީގެއިތުރުން ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވަކި ބާވަތްތަކުގެ ބަލި ޙާލަތްތައް ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެކުދިންނަކީ:

- ހަށިގަނޑުގައި ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން

- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން

- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން

- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަ ނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން

- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

- ހަކުރުބަލީގެ ކުދިން

- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން

- ޑައުންސިންޑްރޯމް ހުންނަ ކުދިން

- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން

- އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން

އެޗްޕީއޭއިން ބުނީ މިހާލަތުގައި ތިބި މީހުން ފައިޒަރ ވެކްސިން ޖެހުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާކަމަށެވެ. އަދި މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގައި ކަމަށާއި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެއަށްފަހު މިހާރު ޖަހަމުންދަނީ ޗައިނާގެ ސިނޯފަރމް ވެކްސިނެވެ. ރާއްޖޭގައި މިހާތަނަށް ދެލައްކަ ތިރީސް ހަތްހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
25%
75%
0%
0%
0%
0%
ކޮމެންޓް