ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 15:56
ނު ރިޖޫން އޮން ދި ޓެލޫން
ނު ރިޖޫން އޮން ދި ޓެލޫން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޖަރާސީމުގެ އަސަރުކޮށްފައިވާ ޗީޒެއް ރާއްޖެ އެތެރެވު
ޖަރާސީމުގެ އަސަރުކޮށްފައިވާ ކަމަށް ބެލެވޭ ޗީޒްތަކެއް ރާއްޖެ އެތެރެވެފައިވާތީ ސަމާލުވުމަށް އަންގައިފި
 
މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ގެންދަނީ ކުރަމުން
 
މިކަން، ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް ގެނައީ، ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން

ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޖަރާސީމުން ތަޣައްޔަރުވެފައިވާ ކަމަށް ބެލެވޭ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ވާތީ ސަމާލުވުމަށް، މޯލްޑިވްސް ފޫޑްއެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

މި ޖަރާސީމުގެ އަސަރު ހުރުމުގެ ފުރުސަތު އޮތް ޗީޒްގެ ބެޗެއް ފަރަންސޭސި ވިލާތުން ރާއްޖެ އެތެރެވެފައިވާ ކަން، ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް ގެނައީ، ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން ކަމަށް، އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

ނޮސް ރެޖިއޮން އޮންދު ތެލެން ( Nos Régions ont du Talent ) ބާވަތުގެ، 220 ގްރާމްގެ ޗީޒް ގެ ސަޕްލަޔަރަކީ، ސްކެމާކް ކަމަށާއި، ބާކޯޑަކީ 3564709006031 ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މައުލޫމާތު ދެއެވެ. 4 އޭޕްރީލްގައި މުއްދަތު ހަމަވާ، މި ބާވަތުގެ ޗީޒް ނުވިއްކުމަށާ ބޭނުން ނުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ގެންދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
100%
0%
0%
ކޮމެންޓް