ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 14:30
ރޭގަނޑު މާލެ މަގުމަތި
ރޭގަނޑު މާލެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19
ކާފިއު އުވާލައި ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފި
އަދިވެސް ކުޅިވަރުތަކާއި، ހަފްލާތައް ބޭއްވުން މަނާ
ކޮލެޖު ޔުނިވަރސިޓީތަކާއި، ޑޭކެއާ ސެންޓަރުތައް ވެސް ހުޅުވާލަން ހުއްދަދީފި
އަދިވެސް ކޮވިޑް ކޭސްތައް ރިޕޯޓުކުރާ އަދަދު އެންމެ އެކަށީގެންވާ ވަރަށް ދަށެއް ނުވޭ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އުވާލައި އެ ނޫން ވެސް ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް، ޖިމްތަކާއި ކަސްރަތު ކްލާސްތަކުގެ އިތުރަށް ދުވާ ޓްރެކްތައް ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީ ކޮލެޖުތަކުގައި ވެސް ކަމާ ބެހޭ މިނިސްޓްރީތަކުން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުން ދަރިވަރުން ކްލާހަށް ހާޒިރުކޮށް ކިޔަވައިދެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކަމާ ބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލުގެ މަތިން ހިދުމަތް ދެވޭ ގޮތަށް ހުޅުވޭނެ ކަމަށާއި ޑޭކެއާ ސެންޓަރުތައް ވެސް ހުޅުވާ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވެއެވެ.

ބޮޑެތި ލުއިތަކެއް ދިން ނަމަވެސް އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އެއް ތަނަކަށް އެއްވެ އުޅުމާއި، އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރުގެ ހަރަކާތްތައް ވެސް ނުބޭއްވޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ޕާޓީތަކާއި، ހަފްލާތައް ބޭއްވުން އަދިވެސް މަނަލެވެ.

މިދިޔަ ޖެހުއަރީ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19ގެ ތިން ވަނަ ރާޅަކާ ކުރިމަތިލަމުން އައުމަށް ފަހު މާލެ ސަރަހައްދުން ކޮވިޑް ކޭސްތަކުގެ އަދަދުތައް މަދުވާން ފެށިތާ މިހާރު ވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައެވެ. އެއާއެކު އެޗްޕީއޭއިން އެޅި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އަތޮޅުތެރެއިން ކޮވިޑް ގެ ބޮޑެތި ކްލަސްޓަރތައް އަންނަނީ ރިޕޯޓުކުރަމުންނެވެ. އެގޮތުން ޅ. އަތޮޅާއި ރ. އަތޮޅުގައި ވެސް ބަލީގެ ބޮޑު ކްލަސްޓަރއެއް އޮތް އިރު ކ. ހުރާއިން ވެސް 100އެއްހާ މީހުން ޕޮޒިޓިވްވެފައިވެއެވެ.

- ކޮމެންޓް
1 އޭޕްރިލް 2021 | ބުރާސްފަތި 15:38
ބީ.ބީ
ކޮވިޑް ނެތް ރައްރަށުގައި މާސްކް އެޅުން މަޖުބޫރު ކުރާ އިއުލާން އަދި ވެސް އުވާލާކަށް ނުވޭތަ