ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 09:19
ޅ. ހިންނަވަރު - ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައި
ޅ. ހިންނަވަރު - ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައި
އެމްޓީސީސީ
ކޮވިޑް-19 ހިންނަވަރުގެ ހާލަތު
ހިންނަވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 20ށް
 
ޅ އަތޮޅުގެ ތިން ރަށެއް ވަނީ މޮނިޓަރިންގ އަށް ލާފައި
 
ނަތީޖާ ނުލިބޭ 98 ސާމްޕަލެއްވޭ
 
ހިންނަަވަރުން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މަރޗް މަހުގެ 27 ވަނަ ދުވަހު

ޅ ހިންނަވަރުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 20ށް އަރައިފިއެވެ.

ހިންނަވަރު ސިއްހީ މަރުކަޒުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެރަށުން ކޮވިޑަށް 20 މީހަކު ޕޮޒިޓިވްވެފައިވަނީ އެރަށުން ނެގި 352 ސާމްޕަލްގެ ތެރެއިން ނަތީޖާ ލިބުނު ސާމްޕަލްތަކުންނެވެ. އަދި ނަތީޖާ ނުލިބޭ 98 ސާމްޕަލެއްވާ ކަމަށް ހިންނަވަރު ސިއްހީ މަރުކަޒުން ބުނެއެވެ.

ހިންނަަވަރުން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ޅ އަތޮޅުގައި މަސް ފެކްޓަރީ ހިންގަމުން އަންނަ ފެލިވަރުން ކޮވިޑްގެ ކޭސްތަކެއް ގިނަ އަދަދަކަށް ފެނިފައިވުމާއެކު އެއަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށުގެ ތެރެއިން ކުރެންދޫ ފިޔަވައި އަނެއް ތިން ރަށް އޮތީ ކޮވިޑްގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގ އަށް ލާފައެވެ.

އަނެއްކޮޅުން ނައިފަރުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމުން ޒަރޫރީ ބޭނުންތަކަށް ނޫނީ މަގުމައްޗަށް ނިކުމެ ނޫޅެވޭ ގޮތަށް ނިންމައި ޅ. ނައިފަރުގައި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ މިހާރު ވަރުގަދަކޮށްފައެވެ. ޅ. އަތޮޅުން ފެނިފައިވާ ކޭސްތަކާ ގުޅިގެން ނައިފަރަށް އެޗްޕީއޭގެ ޓީމެއް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ނައިފަރުން މިހާތަނަށް އައިއިރު 72 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް