ކ. މާލެ
|
5 މެއި 2017 | ހުކުރު 06:08
ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެންޓޮނިއޯ ގްރީސްމަން
ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެންޓޮނިއޯ ގްރީސްމަން
ގޯލް.ކޮމް
ހޫނު މޫސުމުގެ ޓްރާންސްފާ
މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް
ޔުނައިޓެޑުން ހުޝައަޅާގައިވާ ހުޝައެޅުމަށް ގްރީޒްމަން އެއްބަސްވެފައިވާ ކަމަށް ސަން ސްޕޯޓްސްއިން ވަނީ ރިޕޯޓް ކޮށްފަ
ގްރީޒްމަން އާއި އެކު 5 އަހަރު ދުވަހުގެ އެއްބަސް ވުމަކަށް ޔުނައިޓެޑުން އަންނަނީ ތައްޔާރު ވަމުން
މިކަމާ ގުޅިގެން ޔުނައިޓެޑުން އަދި ރަސްމީ ސްޓޭޓްމަންޓް އެއް ނެރިފައެށް ނުވޭ

އެތްލެޓިކޯ މެޑްރިޑް އަށް ކުޅޭ ފަރާންސްގެ ތަރި، އެންޓޮނިއޯ ގްރީސްމަން އާއި އެކު، އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކާ ހިސާބަށް އާދެވިފައި ވާކަމަށް، ބޭރުގެ މަޝްހޫރު ކުޅިވަރު ހަބަރު ފަތުރާ ސަން ސްޕޯޓްސްއިން ބުނެފި އެވެ.

 

ސަން ސްޕޯޓްސްއިން ބުރާސްފަތި ދުވަހުގެ ރޭ ޝާއިރުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ، މެންޗެސްޓާ ޔުނައިޓެޑުން ގްރީސްމަން އާއި އެކު 5 އަހަރު ދުވަހުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ގްރީސްމަން އަށް ހަފްތާއަކު 280،000 ޕައުންޑް ލިބޭ ކަމަށެވެ.

 

ސަން ސްޕޯޓްސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މެންޗެސްޓާ ޔުނައިޓޭޑުގެ ހުޝައެޅުން ގްރީޒްމަން ވަނީ ގަބޫލު ކޮށްފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން ގްރީސްމަންއަށް ޖުމްލަ 170 މިލިއަން ޕައުންޑްސް ލިބޭނެ ކަމަށްވެސް ސަން ސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

 

މިކަމާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑުން އަދި ސީދާ ރަސްމީ ސްޓޭޓްމަންޓް އެށް ނެރިފައި ނުވި ނަމަވެސް، އެކުލަބުން ގްރީސްމަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން އެކުލަބުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެގޮތުން އަންނަ ޓްރާންސަފާގައި އެކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯގެ އެންމެ ފުރަތަމަ ޓާގެޓަކީ ގްރީސްމަން ކަމަށް މީގެ ކުރިންވެސް ބޭރުގެ ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

 

އެންމެ ފަހުން ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ 3 ވަނާގައި ރެކޯޑް ކުރެވިފައިވާ، އަދި ޔޫރަޕުގެވެސް 3 ވަނާގައި ފައިތުވި އަހަރު ރެކޯޑް ކުރެވިފައިވާ ގްރީސްމަންއަށް ބޮޑެތި ގިނަ ކުލަބުތަކަކުން ފާރަލަމުން އަންނަ އިރު، ގްރީސްމަންގެ ބިޑް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ފަރާތްތަކަކުން ބުނަމުންދާ ކުލަބަކީވެސް މެންޗެސްޓާ ޔުނައިޓެޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް