ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 16:17
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
ގޫގުލް
މިދިޔަ މަހުގެ ޖެންޑަރ ހުށަހަޅާފައިވާ މައްސަލަތައް
މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް: ޖެންޑަރ މިނިސްޓްރީ
 
މިދިޔަމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 224 ކުދިންގެ އެބަތިބި
 
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ފެބުރުވަރީ މަހު ވަނީ ރިޕޯޓުކޮށްފައި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ފެބުރުވަރީ 2021ގައި ޖުމްލަ 186 މައްސަލައަށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ފެބުރުވަރީ މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި ބާވަތުގެ 25 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 21 މައްސަލަ، އިހުމާލުވުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 8 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 2 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. މިނިސްޓްރީން ބުނީ ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 5 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ތައުލީމަށް ހުރަސްއެޅުމުގެ 5 މައްސަލައެކެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާކަން ފާހަގަކޮށް ޖެންޑަރ މިނިސްޓްރީން ބުނީ މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 4 މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ. މިނިސްޓްރީން ބުނީ އާއިލީ 21 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 18 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 2 މައްސަލަ އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައާއި ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިހުމާލުވުމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 1 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ، މާލީ ނުވަތަ އިގުތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 1 މައްސަލަ ހިމެނެއެވެ.

ފެބްރުއަރީ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް

ޖެންޑަރ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 12 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

ފެބުރުވަރީ މަހު ދައުލަތުގެ ބެލުމުގެ ދަށަށް 2 ކުދިން ނެގިފައިވާއިރު، މިދިޔަމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 224 ކުދިންގެ އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް