ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 15:46
މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ
މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި
 
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ
 
ބުދަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް މެދުރާއްޖެ އާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ

ގއ އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.

އަންގާރަ ދުވަހުގެ މެންދުރުފަހު 3ން ފެށިގެން ރޭގަނޑު 9ށް އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ބުނެއެވެ.

މީގެއިތުރުން ބުދަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް މެދުރާއްޖެ އާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރުފޯރުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެއެވެ.

ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ، މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ އަދި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށްވެސް ބުނެފައިވެއެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާޅުގެ އުސްމިން ދެކުނު އަތޮޅުތަކުގައި ހުންނާނީ 4 ފޫޓާއި 7 ފޫޓު ދެމެދުގައި ކަމަށާއި އެހެން ހިސާބުތަކުގައި 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް ބުނެއެވެ. މެދުރާއްޖެ އާއި ދެކުނުގައި ކަނޑުދަތުރުކުރާ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް