ކ. މާލެ
|
5 މެއި 2017 | ހުކުރު 00:49
ކްލަބް ޕީކޭ އަދި ވީކޭ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން
ކްލަބް ޕީކޭ އަދި ވީކޭ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
2ވަނަ ޑިވިޝަން
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
ވީކޭއިން ސެމީއަށް ދަތުރުކުރީ ގުރޫޕް 2 ގެ 2 ވަނަ ޓީމުގެ ގޮތުގައި
ވީކޭއިން ސެމީގައި ބައްދަލުކުރަން ޖެހޭނީ ކުޑަހެންވޭރާ ދެކޮޅަށް

ވާދަވެރި ކުޅުމަކަށްފަހު ސެކަންޑް ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ކަލްބް ޕީކޭ ގެ މައްޗަށް ވީކޭ ސްޕޯޓްސް ކުލަބުން ކުރިހޯދައި ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފިއެވެ.  

ބުރާސްފަތި ދުވަހު ހަވީރު، އެފްއޭއެމްގެ ޓަރފް ދަނޑުގައި ކުޅުނު މި މެޗް ވީކޭއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ގަދަ ހޫނުގައި ކުޅެމުންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެށް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ވީކޭއިން ވަނީ ފުރަތަމަ ހާފާ ޚިލާފަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހަށްޓައި ހަމަލާތަށް އުފައްދަން ފެއްޓިއެވެ. ނަތީޖާއެއްގެ ގޮތުން 64 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މުނާޒެވެ. މި ލަނޑަށްފަހުގައިވެސް އެޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 މި މޮޅާއެކު ވީކޭއިން ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕު 2 ގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން 1 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކްލަބް ޒެފްރޯލެވެ.

ވީކޭއިން ސެމީފައިނަލުގައި ނިކުންނަން ޖެހޭނީ ގުރޫޕް 1 ގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި، ކުޑަހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ. މި މަހުގެ 10 ވަނަ ދުވަހު ސެމީ ފައިނަލުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައި ވާއިރު، ސެމީގެ ދެވަނަ މެޗުގައި ޒެފްރޯލް އާއި ދެކޮޅަށް ކުޅެން ޖެހޭ ޓީމެށް ޔަގީން ވެގެންދާނީ ގުރޫޕު 2 ގައި މެކާނޯ އާއި ޖޭޖޭ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަށްފަހުގައެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މުބާރާތުގައި ހުކުރު ދުވަހުވެސް މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި، ސެމީގެ ޖާގަ ކަށަވަރު ކޮއްފައިވާ ކުޑަހެންވޭރު ޔުނައިޓެޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް