ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 14:04
ނ ހޮޅުދޫ- ކޮވިޑްގެ ކޭސްތަކެއް ފެނުމުން އެރަށް ވަނީ މޮނިޓަރިންގ އަށް ގެނެސްފައި
ނ ހޮޅުދޫ- ކޮވިޑްގެ ކޭސްތަކެއް ފެނުމުން އެރަށް ވަނީ މޮނިޓަރިންގ އަށް ގެނެސްފައި
ސޯޝަލް މީޑިއާ
ކޮވިޑް-19 ހޮޅުދޫގެ ހާލަތު
ފެލިވަރާ ގުޅުންހުރި ކޭސްތަކެއް ފެނި ހޮޅުދޫ މޮނިޓަރިން އަށް
ހޮޅުދޫ މޮނިޓަރިން އަށް ގެނައީ ފެލިވަރު ކްލަސްޓަރ އާއި ގުޅުންހުރި ބަޔަކު ޕޮޒިޓިވްވުމުން

ޅ.ފެލިވަރު ކުލަސްޓަރ އާއި ގުޅިގެން ނ ހޮޅުދޫން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެން ނ ހޮޅުދޫ މޮނިޓަރިން ގެ ހާލަތަށް ގެނެސްފިއެވެ.

ހޮޅުދޫ މޮނިޓަރިން އަށް ގެނެސްފައި މިވަނީ ފެލިވަރުގައި މަސައްކަތްކުރާ ހޮޅުދޫ މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވުމުންނެވެ. އެކަމާއި ގުޅިގެން އިތުރު ތަފްސީލު ދެއްވަމުން ހޮޅުދޫ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އަހުމަދު ފާރިޝް ވިދާޅުވީ ފެލިވަރުގައި މަސައްކަތްކުރާ ހޮޅުދޫ މީހުންގެ ތެރެއިން ތިން މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ހޮޅުދޫން ފެލިވަރަށް ދިޔަ ފަހުން ކަމަށެވެ. އެ ކޭސްތަކާއި ގުޅިގެން ހޮޅުދޫގައި ކުރިޔަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން ގެ ތެރެއިން ނެގިފައިވާ ސާމްޕަލްތަކުގެ ތެރެއިން އަދި ނަތީޖާ ނުލިބޭ 21 ސާމްޕަލެއް ވާކަމަށް ފާރިޝް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހޮޅުދޫ މޮނިޓަރިން ގެ ހާލަތަށް ގެނައީ މާރޗް 30 ވީ އަންގާރަ ދުވަހުގެ 11:37ގައެވެ. ހޮޅުދޫ މޮނިޓަރިން ގެ ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ރަށުގައި މިވަގުތު ތިބި މީހުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުން ވަނީ މަނާކޮށްފައެވެ.

ފެލިވަރު ކުލަސްޓަރ އާއި ގުޅިގެން އިތުރު ރަށްތަކެއްވެސް ވަނީ މޮނިޓަރިން އަށް ގެނެސްފައެވެ.

- ކޮމެންޓް