ކ. މާލެ
|
29 މާރޗް 2021 | ހޯމަ 07:01
އިންޑިއާގައި ކޮވިޑް-19ގެ ރޭންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް
އިންޑިއާގައި ކޮވިޑް-19ގެ ރޭންޑަމް ސާމްޕަލިންގ ނަގަމުން ދަނިކޮށް
އަލްއަރަބިއްޔާ
ކޮވިޑް-19، އިންޑިއާގެ ހާލަތު
މަހާރާޝްތުރަ ސްޓޭޓުން އެކަނި 40،000ށް ވުރެ ގިނަ މީހުން އެއްދުވަހުގެ ތެރޭގައި ޕޮޒިޓިވްވެއްޖެ
 
އެ ސްޓޭޓުން ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި
 
މަހާރާޝްތުރަ ސިޓީއަކީ ވިޔަފާރީގެ ބޭނުމަށް އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ސިޓީއެއް

މަހާރާޝްތުރަ ސްޓޭޓުން އެކަނިވެސް 40،414 މީހުން އެއް ދުވަހުގެ ތެރޭގައި ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހު އެކަނިވެސް އެގައުމުގެ މަހާރާޝްތުރަ ސްޓޭޓުން 40،414 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މާރޗް މަހުގެ ފަހުން އެގައުމުގެ ސްޓޭޓަކުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ކެޕިޓަލް ސިޓީ މުމްބާއީގެ މަހާރާޝްތުރަ ސިޓީއަކީ ވިޔަފާރީގެ ބޭނުމަށް އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ސިޓީއެކެވެ.

އެ ސްޓޭޓުން ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު މިހާރު ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރޭގަނޑު ގަޑީގައި ކާފިއު ހިންގުމާއި، ކެފޭ ރެސްޓޯރެންޓުން ޑައިންއިން ކުރުން މަނާ ކުރުމާއި، ނައިޓް ކަލަބްތައް ބަންދުކުރުން ހިމެނެއެވެ.

މަހާރާޝްތުރަ ސްޓޭޓްގެ އޮފިޝަލަކު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުން އެކަށީގެންވާ ކަމަށެވެ. އަދި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލުން ނުކުރެވިއްޖެ ނަމަ އެ ސްޓޭޓް ލޮކްޑައުން ކުރުން އެކަށީގެންވާ ކަމަށެވެ.

މަހާރާޝްތުރަ ސްޓޭޓުން ރެކޯޑު އަދަދަކަށް ކޮވިޑަށް އާދީއްތަ ދުވަހު މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ސްޓޭޓުން ކޮވިޑްގެ އައު ވޭރިއަންޓެއް ވެސް ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް މި އައު ވޭރިއަންޓަކީ ކުރިން އެ ސްޓޭޓުން ފެނުނު ދެ ވޭރިއަންޓާ އަޅާބަލާއިއެރު އެހާ ނުރައްކާތެރި ވޭރިއަންޓެއް ނޫން ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ