ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 22:33
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19ށް އިތުރު 121 މީހުން ޕޮޒިޓިވްވުން
އާދިއްތަ ދުވަހު އިތުރު 121 މީހަކު ކޮވިޑަށް ޕޮޒިޓިވް، 93 މީހުންނަށް ފަރުވާ ދެނީ އެޑްމިޓް ކޮށްގެން
ފާއިތުވި 24 ގަޑިއިރު ޖުމްލަ 3،728 ސާމްޕަލް ނަގާފައިވޭ
މާލެ ސަރަހައްދުން 49 މީހަކު ވަނީ ޕޮޒިޓިވް ވެފައި
އަތޮޅުތެރޭގެ ރަށްރަށުން 46 މީހަކު ޕޮޒިޓިވް ވެފައިވޭ

ހޮނިހިރު ދުވަހު ކޮވިޑް-19ށް އިތުރު 121 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އެޗްޕީއޭއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00ށް އިތުރު 121 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި ފާއިތުވި 24 ގަޑިއިރު ޖުމްލަ 3،728 ސާމްޕަލް ނަގާފައިވާ ކަމަށާއި މިއާއެކު ރާއްޖެއިން މިހާތަނަށް ރިޕީޓްކޮށް ނެގުނު ސާމްޕަލްތަކާއިއެކު 635،691 ސާމްޕަލް ނެގިފައިވާ ކަމަށް ދައްކައެވެ. ހޮސްޕިޓަލުގައި މިވަގުތު 93 މީހަކަށް ފަރުވާ ދެމުން އަންނައިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،728އެވެ.

އިތުރު 121 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން 49 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 46 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޮޕަރޭޓް ކުރަމުންދާ ރިސޯޓުތަކުން 12 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ސަފާރީ އަދި ޔޮޓުތަކުން އެކަކު ޕޮޒިޓިވް ވެފައިވާއިރު އިންޑަސްޓްރިއަލް ރަށްރަށުން 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 23،524ށް އަރާފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ކުރިމަތިވެފައިވާއިރު މާލެ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދެ މަސްދުވަހު އޮތުމަށް ފަހު މިހާރު ވަނީ އެ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. ނަމަވެސް ކޭސްތަކުގެ އަދަދު 100ން މަތިން ރިޕޯޓު ކުރެވެމުން ދާއިރު މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތަކާއި އެޗްޕީއޭގެ އެންގުތަކަށް އަމަލު ކުރަމުން ދިއުމަށް ކަމާބެހޭ އިދާރާތަކުން އެދިފައިވެއެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކޮވިޑް ފެތުރިފައިވާއިރު މިވަގުތުވެސް ބައެއް ރަށްރަށް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

- ކޮމެންޓް