ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 22:57
 ބިލެތްދޫ ސްކޫލްގައި މަލްޓި-ޕަރޕަސް ހޯލް އިމާރާތްކުރުން
ބިލެތްދޫ ސްކޫލްގައި މަލްޓި-ޕަރޕަސް ހޯލް އިމާރާތްކުރުން
އެޑިއުކޭޝަން މިނިސްޓްރީ
ބިލެތްދޫ ސްކޫލް
ބިލެތްދޫ ސްކޫލްގެ ހޯލް ޢިމާރާތް ކުރުން އިނޯކާއާއި ހަވާލުކޮށްފި
 
މި މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޚަރަދުކުރާނެ
 
މަސައްކަތް ހަވާލުކޮށްފައިވަނީ 8,292,714.64 ރުފިޔާއަށް
 
މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތައް

ފ. ބިލެތްދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އިނޯކާ ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެގްރިމަންޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝަމީމެވެ. 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 8,292,714.64 ( އަށްމިލިއަން ދެލައްކަ ނުވަދިހަދެހާސް ހަތްސަތޭކަ ސާދަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި)އަށެވެ.

ފ. ބިލެތްދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމަށް ޓެންޑަރއަށް ހުޅުވާލާފައިވަނީ 28 ޖަނަވަރީ 2021ގައެވެ. އަދި 18 ފެބްރުއަރީގައި ބިޑަށް ހުޅުވާލައި ބިޑް ކާމިޔާބުކުރި އިނޯކާ ޕްރައިވެޓް ލިމިޓެޑާއި މިހާރު ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. މި މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުން ފަސް މިލިއަން ދުއިސައްތަ ފަންސާސްހާސް ރުފިޔާ ޚަރަދުކުރަން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި