ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 08:40
ރ. މަޑުއްވަރި
ރ. މަޑުއްވަރި
އަބުދުﷲ ނަސީރު އިބްރާހިމް
ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ
ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދީފިން: ޖެންޑަރ
 
އެކަން ކުރި ކަމަށް ތުހުމަތުކުރަނީ ރަށު ސްކޫލް ޓީޗަރަކާއި، ފުލުހެއް
 
ހުރިހާ އިދާރާތަކަކަށް ވެސް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ ކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލާ
 
އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައި ވަނީ މި މަހު 10 ވަނަ ދުވަހު

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އުމުރުން 14 އަހަރުގެ ކުޑަކުއްޖާއަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މައްސަލަގައި ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިނިސްޓްރީ އަށް އެ މައްސަލަ ހުށަހަޅާފައި ވަނީ މި މަހު 10 ވަނަ ދުވަހު ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި 11 ވަނަ ދުވަހު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު އެމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވަނީ ހެކި ނެތުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެ މައްސަލަ ހުށަހެޅުމުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އެ ކުއްޖާގެ ރައްކާތެރި މާހައުލެއް ހޯދައިނުމަށް ކަމަށެވެ. އެގޮތުން ވަގުތުން ވަގުތަށް ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރަށް މައްސަލައިގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނެސް ކަމާ ބެހޭ މުއައްސަސާތަކާ އެކު މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ.

ނިސްޓްރީން ބުނީ މައްސަލަ ބަލާ ހުރިހާ އިދާރާތަކަކަށް ވެސް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ ކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެ ހާދިސާ ހިނގާ، އެކަން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީއަށް ވެސް ރިޕޯޓުކުރިތާ މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމުގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާތީ އެރަށުގައި އާންމުން އަންނަނީ އެއްވެ މުޒާހަރާ ކުރަމުންނެވެ. އޭގެ ތެރެއިން 10 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފައެވެ.

ރޭޕްގެ ޝިކާރައަކަށް ވި ކަމަށްބުނާ ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރަނީ އެރަށު ސްކޫލްގައި ހިސާބު ކިޔަވައިދޭ މުދައްރިސެކެވެ. އެކަމުގައި އޭނާގެ އިތުރަށް ދެމީހަކު ޝާމިލްވި އިރު އޭގެ ތެރޭގައި ޔުނީފޯމުގައި ހުރި ފުލުހަކު ހުރި ކަމަށް ވެސް ކުއްޖާ ޖެންޑަރ އަށް ދީފައިވާ ބަޔާނާ ހަވާލާދީ "ރާއްޖެ އެމްވީ"އަށް މައުލޫމާތު ލިބިފައިވެއެވެ. އެ މައްސަލައިގައި ރަށު ތެރޭގައި އާންމުން ހަޅުތާލުކުރަން ފެށި ދުވަހު އެ ފުލުސް މީހާ ވަގަށް ރަށުން ބާލައިގެން އެހެން ރަށަކަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކުއްޖާ އެތަނަށް ގެންދިޔައި އޮޅުވާލައިގެން ސްކޫލް މަސައްކަތަކަށް ކަމަށް ބުނެ ކަމަށާއި، ގެންގޮސް މަރުގެ އިންޒާރުދީ ބިރު ދައްކައި އެއްޗެއް ބޯންދީފައި ހޭނައްތާލީ ކަމަށް ވެސް ވެއެވެ. އަދި ހޭނެތެމުން ދިޔައިރު އޭނާގެ ހަތަރެސްފައި ބަން ކަން އެނގޭ ކަމަށާއި ހޭ އެރި އިރު ވެސް އެތަނުގައި އެ މުދައްރިސް އިން ކަމަށް ވެސް ވެއެވެ. އެކަން ކުރި ކަމަށް ބުނާ މުދައްރިސްއާ ގުޅޭގޮތުން ސްކޫލްގެ ބައެއް އިސް ދަރިވަރުންނާއި މިހާރު ވެސް ކިޔަވާ ދަރިވަރުން އެކި ވާހަކަތައް ދައްކަމުން އަންނަ އިރު އެ މުދައްރިސް އަކީ ދަރިވަރުންނާ ބޭއަދަބީކޮށް ވާހަކަދައްކާ އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓާ މުދައްރިސްއެއް ކަމަށް ބައެއް ދަރިވަރުން ބުނެއެވެ.

އެކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށް ރަށު ހޮސްޕިޓަލުގައި ވެސް ފަރުވާދީފައިވާއިރު، ކުއްޖާ އަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާކަން އެންމެ ފުރަތަމަ އެނގުނީ ވެސް ހޮސްޕިޓަލުން ބެލި ބެލުމުން ކަމާއި، އެ ހުރިހާ ކަމެއްގެ ތަފްސީލީ ރިޕޯޓްތައް އެބަހުރި ކަމަށް ވެސް އެނގިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
10%
0%
0%
90%
0%
0%
ކޮމެންޓް
27 މާރޗް 2021 | ހޮނިހިރު 10:31
ޢައްލާ ބެއްޔާ
މި ހާދިސާ އަކީ ޔޯލަ ހާދިސާއެއް ރޭޕް ކުރިކަމަށް ބުނަނީ ތަންކޮޮޅެއް އޮއްޓަރު ހުރި ގޮތަކައް ޙަބަރު ގެނެސް ދިނުން ރަންގަޅު