ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 06:55
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ހެދިފައި
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ހެދިފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި
 
ށ އަތޮޅުން ފެށިގެން ގއ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައި
 
ކަނޑުތައް އާދައިގެެވަރަކަށް މަޑުވެފައި ވިލާގަޑުގައި އާދައިގެ ވަރަކަށް ގަދަވާނެ
 
ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ

ށ އަތޮޅުން ފެށިގެން ގއ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ފަތިހު 4:20ން ފެށިގެން ހެނދުނު 9އާ ހަމައަށް އެސަރަހައްދަށް ވައިޓް އެލަރޓް ނެރޭކަމަށެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

 ކަނޑުތައް އާދައިގެެވަރަކަށް މަޑުވެފައި ވިލާގަޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

 ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާ ދެމެދުއެވެ.

 ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް