ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 07:00
މޯލްޑިވްސް މީޑިއާ ކައުންސިލް
މޯލްޑިވްސް މީޑިއާ ކައުންސިލް
އެމްއެމްސީ
މީޑިޔާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް
މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
 
އެކަމަށް އެދޭ މީޑިޔާތަކުން އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ހޯމް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައި
 
މޯލްޑިވްސް މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށް

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރެއްގެ މުއްދަތު ހަމަވާތީ އެމަގާމަށް މެމްބަރަކު އައްޔަނުކުރުމަށް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީޑިޔާ ކައުންސިލްގެ މީޑިޔާގެ މެމްބަރެއްގެ މުއްދަތު މާޗު މަހުގެ 1 ވަނަ ދުވަހު ހަމަވެފައިވާކަމަށެވެ. އެހެންކަމުން އެމަގާމަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭނުންވާތީ އެކަމަށް އެދޭ މީޑިޔާތަކުން އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ހޯމް މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިޔާތަކުން 8 މެމްބަރުންނާއި އާންމުންގެ ތެރެއިން 7 މެމްބަރުންނެވެ.

މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައިވުމާއެކު އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. އޭގެފަހުން މިހާރު ތިބީ އައު ދައުރެއްގެ މެމްބަރުންނެވެ.

މީޑިޔާ ކައުންސިލުގެ އިންތީޚާބެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 އޭޕްރީލް 28 ވަނަ ދުވަހުއެވެ. މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ޤާނޫނު ބުނާގޮތުން ކައުންސިލްގެ މެމްބަރުކަމަށް ހަމަޖެހޭ މީހަކު އެމަގާމުގައި ހުންނާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މީހަކަށް ކައުންސިލްގެ މެމްބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާނުކުރެވޭނެކަމަށްވެސް ޤާނޫނުގައި ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް