ކ. މާލެ
|
27 މާރޗް 2021 | ހޮނިހިރު 07:13
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮއްދިނުމައް އެދި ގިނައަދަދެއްގެ ބަޔަކު މަގުމައްޗައްނިކުމެ ގޮވާލުން --- ފޮޓޯ : ޔޫސުފް ސޮފްވާން
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮއްދިނުމައް އެދި ގިނައަދަދެއްގެ ބަޔަކު މަގުމައްޗައްނިކުމެ ގޮވާލުން --- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
މަޑުއްވަރީގައި ހިނގާދިޔަ ޖިންސީ ގޯނާގެ މައްސަލަ
ޖިންސީ ގޯނާގެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނަން: ފުލުހުން
 
މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
 
ތަހުގީގަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ އަންނަނީ ބަލަމުން
 
ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ސިއްހީ މަރުކަޒަށް ދައްކާފައިވޭ
 
ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ގުރޫޕަކުން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ތަހުގީގުގައި ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުން ގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ގުރޫޕަކުން ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަންހެން ކުއްޖާއަށް ހިމާޔަތް ދިނުމުގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިހާދިސާ އާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މާޗު 03 ވަނަ ދުވަހު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މާޗު 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ސިއްހީ މަރުކަޒަށް ދައްކާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ މުހިންމުކަމެއްގެ ގޮތުގައި ބެލެވި، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށް ދައްކާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކަޔަޓްރިސްޓަކަށް ދައްކައި ސައިކިއާޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި ސޯޝަލް މީޑިޔާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަކަމަށްވެސް މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު، ދައުލަތުގެ ފަރާތުން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސަރވިސަސް އާއި ފުލުހުންނާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހިއްސާކުރަމުން ގެންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުޑަކުދިންނާ މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް އަދި އަވަހަށް ފިޔަވަޅުއަޅަން ޖެހޭ މައްސަލަތަކެއްގެ ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާތީ ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ހާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނަށް ވާންޖެހޭނެކަމަށް ކަނޑައަޅައި، މިފަދަ މައްސަލަތަކުގައި ހަރަކާތްތެރި ވާނީ ހާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނަށް ވީހިނދު، މިފަދަ މައްސަލަތަކަކީ، ސުޕަވައިޒް ކުރުމުގައާއި، މޮނިޓަރ ކުރުމުގައި ފުލުހުންގެ ފަރާތުން ހާއްސަ ސަމާލުކަމެއްދޭ މައްސަލަތަކެއް ކަމުގައިވެސް ފުލުހުން ބުނެއެވެ.

ކުޑަކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުންދާ ގޮތް ބަލަން ފަށާފައިވާކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ. އެޗްއާރްސީއެމް އިން ކުރި ޓުވީޓެއްގައި ބުނީ މެދު ރާއްޖެތެރޭ ރަށެއްގައި ހިނގި، ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ހާދިސާއާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް ބެލުމަށްޓަކާ އެކަމާ ގުޅުންހުރި މައުލޫމާތު ހޯދާ މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަން ހިނގައިދިޔަ ގޮތް ކުއްޖާ މިހާރު ޖެންޑަރ މިނިސްޓްރީއަށާއި އާއިލާއަށް ވެސް ކިޔައިދީފައިވާއިރު، އަދިވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެކަމަކު އެ ކުއްޖާ ޖެންޑަރ މިނިސްޓްރީ އަށް ދިން ބަޔާނާ ހަވާލާދީ ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުއްޖާ އެތަނަށް ގެންދިޔައީ އެ ސްކޫލްގެ ހިސާބު ޓީޗަރެއްކެވެ. އަދި ގެންދިޔަ އިރު އެތަނުގައި ޔުނީފޯމުގައި ހުރި ފުލުހެއް ވެސް ހުއްޓެވެ. އެ ކުއްޖާ އަށް މަރުގެ އިންޒާރުދީ ޖޫސް ބޯންދީފައި ހޭނައްތާލި އިރު ހަތަރެސްފައި ބަންނަމުން ދިޔަ ކަމަށް ވެސް އެ ކުއްޖާއާ ހަވާލާދީ ބުނެފައިވެއެވެ. ހޭ އެރި އިރުވެސް އެ ޓީޗަރު އެތަނުގައި އިން ކަމަށް ވެއެވެ.

އެކަމާ ހިންހަމަނުޖެހުން ފާޅުކޮށް ރަށުގެ އާންމުން ނިކުމެ ފުލުސް އޮފީސް ކައިރިއަށް އެއްވެ، މުޒާހަރާވެސް ކޮށްފައިވާއިރު އެކަމުގެ ތެރެއިން ބައެއް މުދަލަށް ގެއްލުންވެ ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން އެ ރަށުން 10 މީހަކު ހައްޔަރުކޮށްފައެވެ. އެ 10 މީހުން ދޫކޮށްލުމަށް ގޮވާލަމުންދާއިރު އެރަށުގައި ހުކުރު ދުވަހުވެސް ވަނީ މިކަމާއި ގުޅިގެން މުޒާހަރާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް
27 މާރޗް 2021 | ހޮނިހިރު 17:10
ސާހިބާ
ގާނޫނުން ދިފައުކުރާ ކުޑަ ކުދިން ސާބަހޭ ޖެންޑާ މިނިސްޓްރީ ދެރަނިކަމެތިން ހިފާހައްޔަރުކޮއް އަނިޔާދޭން ފާސިދު އަމަލު ހިންގާ ބާލީޙްވެފާ ތިބޭ ބޮޑެތި އަންހެނުން ދިފާއުކުރާ ޖެންޑާ މިނިސްޓްރީ
27 މާރޗް 2021 | ހޮނިހިރު 09:10
އެސޮރު
ތިމާމެން ގެ ނާޒުކް މަނާތަށް ކަސްރުކުރޭ އޭރުން މިފަދަ ކަންކަން ހުއްޓޭނެ