ކ. މާލެ
|
26 މާރޗް 2021 | ހުކުރު 23:25
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19
ހުކުރު ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 59 މީހުން
މާލޭގެ ކޭސްތައް މަދުވިޔަސް އަތޮޅުތެރޭގައި ބޮޑެތި ކްސަލްޓަރތައް އެބައޮތް
ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 23،237ށް އަރާފަ

ހުކުރު ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވެސް 100ން މަތީގައި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރު އޮއްސި ހަޔަކުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސި ހަޔަކާ ދެމެދު ނެގި 2،948 ސާމްޕަލްގެ ތެރެއިން 146 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 59 މީހުންނެވެ. އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިންޑަސްޓްރިއަލް ރަށްރަށުންނެވެ. އެއީ 66 މީހުންނެވެ. އެމީހުންނަކީ ޅ. އަތޮޅު ކްލަސްޓަރ އިން ފެލިވަރުން ޕޮޒިޓިވްވި މީހުންނެވެ.

އަތޮޅުތެރެއިން ޕޮޒިޓިވްވި އަދަދަކީ 11އެވެ. އަދި ރިސޯޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވްވެފައިނުވާއިރު މިއާއެކު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 23،237ށް އަރާފައެވެ. އޭގެ ތެރެއިން 20،529 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 2،635 މީހުންނަށެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 100 މީހުންނަށެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި 66 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅަކާ އެކު މާލެ ސަރަހައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ދެމަސްދުވަހު އޮތުމަށް ފަހު މިހާރު ވަނީ އެ ފިޔަވަޅުތަކަށް ކޮންމެސްވަރެއްގެ ލުއިތަކެއް ދީފައެވެ. މާލެ ސަރަހައްދުގައި ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވަމުން ދިޔަ ނަމަވެސް އަތޮޅުތެރޭގައި ބަލީގް ބޮޑެތި ކްލަސްޓަރތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ޅ. އަތޮޅާއި، ރ. އަދި ހދ. އަތޮޅުގައި ވެސް ކޮވިދް-19 ވަނީ ފެތުރިފައެވެ.

- ކޮމެންޓް