ކ. މާލެ
|
26 މާރޗް 2021 | ހުކުރު 23:09
ރ. މަޑުއްވަރީގައި ފުލުހުން
ރ. މަޑުއްވަރީގައި ފުލުހުން
މަޑުއްވަރީ ބަދުއަހުލާގީ މައްސަލަ
މަޑުއްވަރީގައި ކުޑަކުއްޖު ރޭޕްކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ބަލާގޮތް އެޗްއާރްސީއެމް އިން މޮނިޓަރ ކުރަނީ
 
އެކަމުގެ ހިންހަމަނުޖެހުމުގައި މުޒާހަރާ ކުރި މީހުން އެރަށުން ވަނީ ހައްޔަރުކޮށްފަ
 
އަދިވެސް އެކަމާ މީހަކު ހައްޔަރުކޮށްފައެއް ނުވޭ
 
އެ ކަން ހިނގީ މި މަހު 3 ގައި މައްސަލަ ރިޕޯޓްކުރީ 11 ގައި

ރ. މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުންދާ ގޮތް އެޗްއާރްސީއެމް އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމް އިން ކުރި ޓުވީޓެއްގައި ބުނީ މެދު ރާއްޖެތެރޭ ރަށެއްގައި ހިނގި، ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ހާދިސާއާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް ބެލުމަށްޓަކާ އެކަމާ ގުޅުންހުރި މައުލޫމާތު ހޯދާ މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލާގޮތް މޮނިޓަރ ކުރުމުގެ މަސައްކަތް އެޗްއާރްސީއެމްއިން ފަށާފައިވާއިރު މި މަހު 3 ގައި ހިނގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހު 11 ގައެވެ. އެކަން ހިނގައިދިޔަ ގޮތް ކުއްޖާ މިހާރު ޖެންޑަރ މިނިސްޓްރީއަށާއި އާއިލާއަށް ވެސް ކިޔައިދީފައިވާއިރު، އަދިވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެކަމަކު އެ ކުއްޖާ ޖެންޑަރ މިނިސްޓްރީ އަށް ދިން ބަޔާނާ ހަވާލާދީ ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުއްޖާ އެތަނަށް ގެންދިޔައީ އެ ސްކޫލްގެ ހިސާބު ޓީޗަރެއްކެވެ. އަދި ގެންދިޔަ އިރު އެތަނުގައި ޔުނީފޯމުގައި ހުރި ފުލުހެއް ވެސް ހުއްޓެވެ. އެ ކުއްޖާ އަށް މަރުގެ އިންޒާރުދީ ޖޫސް ބޯންދީފައި ހޭނައްތާލި އިރު ހަތަރަސްފައި ބަންނަމުން ދިޔަ ކަމަށް ވެސް އެ ކުއްޖާއާ ހަވާލާދީ ބުނެފައިވެއެވެ. ހޭ އެރި އިރުވެސް އެ ޓީޗަރު އެތަނުގައި އިން ކަމަށް ވެއެވެ.

އެކަމާ ހިންހަމަނުޖެހުން ފާޅުކޮށް ރަށުގެ އާންމުން ނިކުމެ ފުލުސް އޮފީސް ކައިރިއަށް އެއްވެސް މުޒާހަރާވެސް ކޮށްފައިވާއިރު އެކަމުގެ ތެރެއިން ބައެއް މުދަލަށް ގެއްލުންވެ ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން އެ ރަށުން 10 މީހަކު ހައްޔަރުކޮށްފައެވެ.

އެޗްއާރްސިއެމް އިން ބުނީ އެފަދަ މައްސަލަތައް ހުއްޓުވުމަށްޓަކާ އިޖްތިމާއި ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ދައުލަތުގެ މުއައްސަސާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަކީ ކޮންމެހެން މިހިންމު ކަމެއް ކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ވީ އެންމެ އަވަހަކަށް ގެންނަން އެ ކޮމިޝަނުން ދައުލަތުގެ މުއައްސަސާތަކަށް ލަފާދީ އެކަންކަން ތަންފީޒުކުރާ ވަރު ބެލުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
50%
0%
0%
50%
0%
0%
ކޮމެންޓް
27 މާރޗް 2021 | ހޮނިހިރު 06:32
މަހުކަމާ
މި ދެން މިހާރު މިކަހަލަ ހަބަރުލިޔާ ފެންވަރެއް ނޫން ދޯ. އަހުމަދު ނިހާން ހުސެން މަނިކުގެ ފާޅު ނޫސް. faalhu.com ވެސް މިއަށް ވުރެ ރަނގަޅު މިހާރު