ކ. މާލެ
|
26 މާރޗް 2021 | ހުކުރު 13:04
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ،
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ،
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
 
ދީލަތިކަން އިތުރުކުރާން ޖެހޭ
 
ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާލަން ޖެހޭ
 
ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިގުބާލު ކުރަން ތައްޔާރުވާން ޖެހޭ

ވޭތިވެދިޔަ އަހަރުގެ ފަރްޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ޝައުބާން މަހުގެ ފަނަރަވިލޭރެއާއި ދުވަސް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިގުބާލު ކުރަން ތައްޔާރުވާން ޖެހޭ ކަމަށާއި، ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާލަން ޖެހޭ ކަމަށެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތް ކަމެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފިޠުރު ޒަކާތްދެއްކުމަށް ނިޔަތް ގަނެ، އެ މަސް ނިމުމުގެ ކުރިން ފިޠުރު ޒަކާތް ދައްކަން ޖެހޭ ކަމަށާއި، ދީލަތިކަން އިތުރުކުރާން ޖެހޭ ކަމަށެވެ.

މަޑުމައިތިރި މީހަކަށްވުމަށް އިލްތިމާސްކޮށް ޚުތުބާގައި ބުނީ ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުންނާއި، ދޮގުހެދުމާއި، ފުރައްސާރަ ކުރުންފަދަ އަމަލުތަކުން ދުރުވާން ޖެހޭ ކަމަށެވެ. ކެތްތެރިކަން އިތުރުކޮށް ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިމާގެ ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައްތަކާ ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޝައުބާންމަހުގެ މަތިވެރިކަމަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ ޝައުބާން މަހަކީ ރަސޫލާ އެހެން މަސްމަހަށްވުރެ ގިނައިން ރޯދަ ހިއްޕަވާފައިވާ މަހެއް ކަމަށެވެ. ނަމަވެސް ރަމަޟާން މަސް ނޫން އެހެން މަހެއް ހުރިހާ ދުވަހެއްގައި ރަސޫލާ ރޯދަފުޅެއް ނުހިއްޕަވައެވެ. އަދި ރަމަޟާން މަހުން ފާއިތުވެފައިވާ ރޯދަތައް މި މަހުގެ ގަޟާކުރަން އަވަސްވެގަތުމަށް ގޮވާލައި ޚުތުބާގައި ބުނީ ޝައުބާންމަހުގެ ފުރަތަމަ ފަނަރަ ފާއިތުވެއްޖެނަމަ ސުންނަތް ރޯދަ ހިފުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައީ: "ޝައުބާން މަސް ދެބައި ވެއްޖެ ނަމަ ފަހެ ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ!" މި ޙަދީޘުން ދޭހަވަނީ ޢާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި، މި ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވިކަމެވެ. އެކަމަކު އޭނާއަކީ ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުމަށް އާދަވެފައިވާ މީހަކު ނަމަ ނުވަތަ އާދަކޮށް، ދެދުވަހުން އެއް ދުވަހު ރޯދަހިފާ މީހަކު ނަމަ، ޝައުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދަ ހިފުން މަނާވެގެނެއް ނުވެއެވެ.
ހުކުރު ޚުތުބާ

ޝައުބާން މަހުގެ ފަނަރަ ވިލޭރެއާބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ، އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ގަބޫލު ނުކުރައްވައި، ރައްދު ކުރައްވާފައިވާ ޙަދީސްތަކެއް ކަމަށްވާއިރު، ޝައުބާން މަހުގެ ފަނަރަ ވިލޭރެއަށް ޚާއްސަވެގެންވާ ނަމާދެއް، އަދި އެ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ވެސް ނެތެވެ. އެ ދުވަހަށާއި އެ ރެއަށް ޚާއްސަވެގެންވާ ވަކި ދުއާއެއް ވެސް ނެތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެތައް ކަމަކުން ޝަޢުބާން މަސް ޚާއްސަވާއިރު، ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ ގިބުލަ އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލު ކުރެއްވުމުގެ މައްޗަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން އިސްރާ އާއި މިއުރާޖުގެ ހާދިސާ ފަދަ އިމްތިހާނަކުން މައްކާގެ މުޖުތަމައު އިމްތިހާން ކުރެއްވި ފަދައިން މަދީނާގެ މުޖުތަމައު ވެސް އެފަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މުސްލިމުންނާ ކުރިމަތިލާން ޖެހިފައިވާ ޖަމާއަތްތައް ގިނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މިފަދަ ހުރިހާ ކަމަކުން އިބްރަތް ލިބިގަނެ މިހާރު ވެސް ﷲގެ އަމުރުފުޅުތަކުގެ ކުރިމަތީގައި ހަރުދަނާ ބަޔަކަށް ވުމަށް ދީނުގައި އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
ފުރިހަމަ މުއުމިނަކު ދުވަހަކުވެސް އަޅުކަންކުރުމަށް އަލްވަދާއު ނުކިޔާނެ - ހުކުރު ހުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ
"ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާކުރާ އަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދެނެގަނެ، ނަފްސު ތަހުޛީބުކުރުން"
ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން: ޚުތުބާ