ކ. މާލެ
|
26 މާރޗް 2021 | ހުކުރު 10:58
ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް،
ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް،
ރާއްޖެއެމްވީ
ބީއެމްއެލްގެ ނަމުގައި ކުރާ ފޭކް ކޯލްތައް
އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވޭ: ބީއެމްއެލް
 
ބޭންކުން މޮބައިލް ނަންބަރު ބޭނުން ކޮށްގެން ކަސްޓަމަރުންނަކަށް ނުގުޅާނެ
 
އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދާކަށް ނުގުޅާނެ
 
މިދުވަސްވަރު މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވޭ

އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލުން ބުނީ މިހާރަކަށް އައިސް ބޭންކްގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި، ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ކޯލްތަކަށް ހުރިހާ ކަސްޓަމަރުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ބީއެމްއެލުން އިލްތިމާސްކޮށްފައިވޭ

އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެކަން ފާހަގަކޮށް ބީއެމްލްއިން ބުނީ އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށެވެ. ބޭންކުން މޮބައިލް ނަންބަރު ބޭނުން ކޮށްގެން އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. އަދި މިފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުއްވުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

އެންމެހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
50%
0%
0%
0%
ކޮމެންޓް
28 މާރޗް 2021 | އާދީއްތަ 00:36
އުންސުރު ހަމަނުވާ ޝަމީމު
ވެންޓިލޭޓަރު ފައިސާ ދޮންނަނީތަ! ކެކެކެކ