ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 19:29
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ
ގޫގުލް
ޔޫރޮޕާ ކަޕް
ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގު ކުޅެންޖެހޭ ޓީމެއް: މޮރީނިއޯ
ސަޕޯޓަރުން ހިތެއް ނުފުރޭނެ
މިރޭގެ މެޗަށް ޕޮގްބާ ނުކުންނާނެ

މެންޗެސްޓަރ ޔުނައިޓެޑްގައި ތިބި ކުޅުންތެރިންނަކީ ޗެމްޕިއަންސް ލީގު ފެންވަރު ކުޅުންތެރިން ކަމަށާއި ޔުނައިޓެޑަކީ އެ މުބާރާތުގައި ކުޅެން ޖެހޭ ފަދަ ބޮޑު ކްލަބެއް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގަށް ނުދެވިއްޖެ ނަމަ އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތެއް ނުފުރޭނެ ކަމަށެވެ.

 

މޮރީނިއޯ މިހެން ބުނެފައިވާ އިރު އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ނުވަތަ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގަށް ދެވިދާނެއެވެ.

 

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) ޔުނައިޓެޑް ރަށުން ބޭރުގައި ނުކުންނާނީ ސްޕެއިނުގެ ސެލްޓަ ވިގޯއާ ދެކޮޅަށެވެ.

 

މީގެ ކުރިން މޮރީނިއޯ ބުނެފައިވަނީ އިނގިރޭސި ލީގުގެ ވާދަވެރިކަން އޮތް ހިސާބުން ޔޫރޮޕާ ލީގަށް ހާއްސަ ސަމާލުކަމެއްދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

 

ސެލްޓަ ވިގޯއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު، އަނިޔާ ތިބި ޕައުލް ޕޮގްބާ އާއި ކްރިސް ސްމޯލިން އަދި ފިލް ޖޯންސް ފެނިގެންދާނެއެވެ. ނަމަވެސް މޮރީނިއޯ ބުނަނީ އެއީ އަދި ކުޑަ ހިތްހަމަ ޖެހުމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް