ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 19:23
ފޭޓް އޮފްދަ ފިއުރިއަސް
ފޭޓް އޮފްދަ ފިއުރިއަސް
ގޫގުލް
ފޭޓް އޮފްދަ ފިއުރިއަސް
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
މިއަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ދެވަނަ ފިލްމު

"ފޭޓް އޮފް ދަ ފިއުރިއަސް" އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެއެވެ. މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ރިލީޒްކޮށްފައިވާ އެ ފިލްމު ވަނީ ބިލިއަން ޑޮލަރު ހޯދި 30 ފިލްމުގެ ޝަރަފުވެސް ހޯދާފައެވެ.

އެހެންކަމުން "ފޭޓް އޮފް ދަ އެންޑް ފިއުރިއަސް" ވެފައިވަނީ ޔުނިވާސަލް ޕިކްޗާސްއިން ގެނެސްދިން ފިލްމު ތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ ކްލަބުން ޖާގަ ހޯދި ހަތަރުވަނަ ފިލްމަށެވެ. އަދި މި ފިލްމު ވެގެން ގޮސްފައިވަނީ މިއަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ދެވަނަ ފިލްމަށެވެ.

އެންމެ ފުރަތަމަ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނީ މިދިޔަ މާޗު މަހުގައި ނެރުނު ޑިޒްނީގެ ފިލްމު ކަމަށްވާ"ބިއުޓީ އެންޑް ދަ ބީސްޓް" އަށެވެ. ޔުނިވާސަލްގެ ފިލްމްތަކުގެ ތެރެއިން މީގެ ކުރިން ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 2015 ގައި ރިލީޒް ކުރި ޖުރަސިކް ވޯލްޑް (1.67 ބިލިއަން ޑޮލަރު) އާއި ފިއުރިއަސް 7 (1.52 ބިލިއަން ޑޮލަރު) އާއި ހަމަ އެ އަހަރު ރިލީޒް ކުރި އެނިމޭޓެޑް ފިލްމް މިނިއަންސް (1.16 ބިލިއަން ޑޮލަރު) ގެ އިތުރުން 1993 ގައި ރިލީޒް ކުރި ޖުރަސިކް ޕާކް (1.029 ބިލިއަން ޑޮލަރު) އެވެ.

"ފޭޓް އޮފް ދަ ފިއުރިއަސް" ގައި ވިލިއަންގެ ބައި ކުޅެފައިވަނީ އޮސްކާ އެވޯޑް ލިބިފައިވާ ޝާލައިޒް ތިރޯން އެވެ.އޭނާ މި ފިލްމުގައި މަސައްކަތް ކުރަނީ މައިގަނޑު އާއިލާ ވަކިކޮށްލުމަށެވެ. ތިރޯން ގެ އިތުރުން މި ފިލްމުން ފެނިގެން ދަނީ ވިން ޑީސަލްގެ އިތުރުން ފިލްމުން ފްރެންޗައިޒްގެ އޮރިޖިނަލް ކާސްޓުންނެވެ. އޭގެތެރޭގައި ޑްވޭން ރޮކް ޖޯންސޮން އާއި ޖޭސަން ސްޓެތާމް އާއި މިޝެލް ރޮޑްރީގޭޒް އާއި ލޫޑާކްރިސް ހިމެނެއެވެ.މިފަހަރުގެ ފިލްމަކީވެސް ތަފާތު ބޮޑު ފިލްމެކެވެ.

ތަފާތު ވައްތަރުގެ މޮޅު ކާރުތަކުގެ އިތުރުން މިފަހަރު ޓޭންކަރާއި ސަބްމެރިންވެސް ފިލްމުން ފެނިގެންދެއެވެ. މިއީ އެ ސީކުއެލްގެ އެއްމެ މަގްބޫލު ތަރި "ޕޯލް ވޯކަރ” ގެ މަރަށްފަހު އޭނާގެ އެއްވެސް ރޯލެއް ނުހިމެނޭގޮތަށް ނެރޭ ފުރަތަމަ ފިލްމެވެ. ޔުނިވާސަލް ޕިކްޗާސް އިން ޑިސްޓްރިބިއުޓް ކުރާ "ފޭޓް އޮފް ދަ ފިއުރިއަސް" ހަދަން ހަރަދުކޮށްފައި ވަނީ 250 މިލިއަން ޑޮލަރެވެ.

- ކޮމެންޓް