ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 07:42
މަޑުއްވަރީ ޕޮލިސް ސްޓޭޝަންގެ ބޯޑު އާންމުން ހަލާކުކޮށްލާފައި
މަޑުއްވަރީ ޕޮލިސް ސްޓޭޝަންގެ ބޯޑު އާންމުން ހަލާކުކޮށްލާފައި
ސޯޝަލް މީޑިއާ
މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕްކުރުން
މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕްކުރި މީހުންގެ ތެރޭގައި ފުލުހެއް ވެސް ހިމެނޭ
 
ކުއްޖާ ރޭޕްކުރީ އާއިލާ މަރާލާނެ ކަމުގެ ބިރު ދައްކައިގެން
 
އެ ކުއްޖާ ރޭޕް ކުރީ ރަށު ސްކޫލް ގައި ކިޔަވައިދޭ ޓީޗަރަކާއި އިތުރު ދެމީހުން

މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕްކުރި މީހުންގެ ތެރޭގައި ފުލުހެއް ވެސް ހިމެނޭ ކަމަށް "ރާއްޖެ އެމްވީ"އަށް އެނގިއްޖެއެވެ.

އެރަށުގައި ރަށު ސްކޫލްގެ ޓީޗަރަކާއި އިތުރު ބަޔަކު އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއް ގޭންގް ރޭޕް ކުރި މައްސަލައެއް ފެންމަތިވެ އެ ރަށުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ. އެ މައްސަލާގައި ކުއްޖާ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ކުއްޖާ ވަނީ ކަން ހިނގައި ދިޔަގޮތުގެ ބަޔާނެއް ވެސް މިނިސްޓްރީއަށް ދީފައެވެ. އެކަމުގައި ބައިވެރިވި ޓީޗަރަކީ އެ ރަށު ސްކޫލްގައި ކިޔަވައިދޭ އެ ރަށު މީހެކެވެ.

"ރާއްޖެ އެމްވީ" އަށް އެނގިފައިވާގޮތުގައި އެކަމުގައި ފުލުހެއް ވެސް ބައިވެރިވި ކަމަށް ކުއްޖާ ބުނެއެވެ. އޭނާ ގެންދިޔައީ ސްކޫލް ޕްރޮޖެކްޓެއްގެ ނުނިމި އޮތް ބައި ފުރިހަމަކުރުމަށް ކަމަށް ބުނެ ގެއަކަށް ކަމަށާއި، އެތަނަށް ވަންއިރު ޓީޗަރުގެ އިތުރަށް ދެ ފިރިހެނުން ތިބި ކަމަށް އެނގިފައިވެއެވެ. އޭގެ ތެރެއިން އެކަކަކީ ފުލުހެއް ކަމަށް ވެސް ވެއެވެ. އެމީހާ ހުރީ ވެސް ފުލުހުންގެ ޔުނީފޯމުގައި ކަމަށާއި އެއީ ފުލުހުންގެ ވަރަށް ބޮޑު މީހެއް ކަމަށް ބުނެ ކުއްޖާއަށް ބިރުދެއްކި ކަމަށް ވެސް ކުއްޖާއާ ހަވާލާދީ މައުލޫމާތު ލިބިފައިވެއެވެ.

އެތަނަށް ވައްދާފައި، އެއިން އެއްވެސް ވާހަކައެއް ނުބުނުމަށާއި، ބުނެފި ނަމަ އާއިލާގެ އެންމެން މަރާލާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށް ކުއްޖާ ބުނެފައިވާ ކަން ވެސް އެނގިފައިވެއެވެ. އަދި އެހެން ބުނެ ބިރު ދައްކާ ޖޫސްތައްޓެއް ދިނީ ކަމަށާއި އޭގެ ފަހުން އޭނާ މަޑުމަޑުން ހޭނެތެމުން ދިޔަ އިރު ހަތަރެސްފައި ބަންނަމުން ދިޔަކަން އެ ކުއްޖާއަށް އެނގޭ ކަމަށް ވެސް އެކުއްޖާގެ ބަޔާނާ ހަވާލާދީ "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވެއެވެ.

އެކަން ހިނގާފައި ވަނީ މީގެ ދެ ހަފްތާ ވަރު ކުރިން ކަމަށާއި، އޭގެ ފަހުން ކުއްޖާ އަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ދެ ފިރިހެނަކު އެއްތަނަކުން ފެނުނަސް ބިރުން ހަޅޭއް ލަވާ ކަމަށާއި، އަބަދު އެއްތަނަކަށް ބަލަހައްޓައިގެން މީހުންނާ ވާހަކަ ނުދައްކާ އިނދެ ރޮއެ ހަޅޭއް ލަވާ ހަދާ ކަމަށް ވެސް ވެއެވެ. އެކަންކަމުގައި އެ ކުއްޖާއަށް ރަށު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދެމުން ދިޔައިރު ވެސް އެއްވެސް މީހަކު ކުއްޖާއާ ގާތްވިޔަ ނުދޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވެ ރަށު ތެރޭގައި ހަމަނުޖެހުން ބޮޑުވެފައިވާއިރު، އާންމުން ވަނީ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވެ އަޑު އުފުލާފައެވެ. އަދި އެ އިދާރާގެ ބައެއް މުދަލަށް ގެއްލުންދީފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ނ، ރ، ބ، އަދި ޅ ހިމެނޭ ސަރަހައްދުގެ ރަށެއްގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގުކުރަމުންދާކަމަށެވެ. މި މަހުގެ 3 ވަނަ ދުވަހު ހިނގާފައިވާ އެ ހާދިސާ ރިޕޯޓްކުރީ މި މަހު 11 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
12%
1%
14%
70%
2%
1%
ކޮމެންޓް
26 މާރޗް 2021 | ހުކުރު 11:56
ޢެމް
އިސްލާމް އަދި ޤުރުއާން މާއްދާ ކިޔަވައިދޭ މީހެއް ނޫންކަން އެނގިއްޖެ. އެހެންނަމަ އެހެން ޖެހީސް
26 މާރޗް 2021 | ހުކުރު 10:51
ާއައިސާ
ޢެންމެ ފަހުން ޕޮލިހުން ވެސް ކުދިން ރޭޕް ކުރަން ފެށީ ދޯ... ތި މއްސަލަ ނުބަލަން ވެގެން އެ އުޅެނީ އެތާންގަ ފެލެހަކު ހުރުމުންކަން ޔަގީން..އެކުދިންގެ މުސްތަގުބަލު އުޖާލާ ކުރާށޭ ކިޔާފަ މި މީހުން އެކުދިންގެ މުސްތަގުބަލު ވެއްޔާ މޮޑެލަނީ ކޮބާ އިންސާނިއްޔަތެކަން......
26 މާރޗް 2021 | ހުކުރު 08:25
ާއއ
ޥވވ.ލަދުހަޔާތް ކުޑަ އަންހެނުންނާ ފިރިހެހނުން އުޅޭރަށެއް
25 މާރޗް 2021 | ބުރާސްފަތި 08:58
ސައިފުﷲ
ތިޔަ ބުނާ ޓީޗަރަކީ މަޑުއްވަރީ މުޢީނު. ލަދު ޙަޔާތް ކޮބާ؟ އޭނާ އަކީ އިނގުރައިދޫ، ސަމަންތަރު ހެޔޮ އަންހެނަކާ އިނދެގެން އުޅޭ މީހެއް. އަންހެނުން އިންނަނީ ވެސް މަޑުއްވަރީ ގައި. އެހެންކަމަށްވީއިރު، ނިކަމެތި ޟަޢީފު ކުއްޖަކު ފިލުވާލީ ހުރި ވަހުޝީ ކަމެއްގެ ބޮޑުކަމުން. މުއީނަކާ ހުރެ ދެންތިބި ޓީޗަރުންނަށްވެސް ހުތުރު. މިހާރުން މިހާރަށް ސެކްޓަރ އިން ބޭރުކޮށް ހުރަގޭގައި ބާއްވާ!
25 މާރޗް 2021 | ބުރާސްފަތި 08:55
އަހުމަދު.ޖ
ތި މައްސަލަ ބަލާ ، ސާބިތު ވެއްޖެ ނަމަ އެމީހުން މަރަން ވީ،. ޙާއްސަކޮށް ފުލުސް މީހާ
25 މާރޗް 2021 | ބުރާސްފަތި 08:07
އަލީ
ފިޔަވަޅު ނާޅަންޏާ ޢާންމުން ނުކުމެ އިންސަރު ހޯދަންޖެހޭނީ އަމިއްލައަށް. އެބަޔަކަށް ހޯދުނު ގޮތަކަށް. މި ކުއްޖާ ރޭޕްކުރި ބަޔަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.
25 މާރޗް 2021 | ބުރާސްފަތި 07:38
އަހަރެން
އެވަރުންވެސް ގޯނާކުރިކަމުގެ ތުހުމަތުދޯ ކުރަނީ 🤣