Advertisement
ކ. މާލެ
|
23 މާރޗް 2021 | އަންގާރަ 13:13
ކުޅުދުއްފުށި ސިޓީގައި ސައިކަލަކާއި، ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓް
ކުޅުދުއްފުށި ސިޓީގައި ސައިކަލަކާއި، ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓް
ސޯޝަލް މީޑިއާ
ކުޅުދުއްފުށީ އެކްސިޑެންޓް
ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެ
މި އެކްސިޑެންޓު ހިނގައިފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހި
އަނިޔާވި ކުއްޖާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެ އޮޕަރޭޝަނެއް ކޮށްފައިވޭ

މި މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގައިފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެ އޮޕަރޭޝަނެއް ކޮށްފައިވާއިރު، ފުރަތަމަ އޮޕަރޭޝަނާއެކު ކުއްޖާގެ ހާލު ރަނގަޅުވަމުން އައިސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެހެންނަމަވެސް ހޯމަ ދުވަހު ހާލު ދެރަވުމުން އިތުރު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

Advertisement

އެ އޮޕަރޭޝަނަށްފަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެ ފަތިހު 4:50 ހާއިރު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް