ކ. މާލެ
|
22 މާރޗް 2021 | ހޯމަ 17:03
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ސްކްރޯލް.އިން
ޓްރަމްޕް އެނބުރި ސޯޝަލް މީޑިއާއަށް
ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދާ ޓްރަމްޕް އެނބުރި ސޯޝަލް މީޑިއާއަށް
އައު ޕްލެޓްފޯރމް އުފެއްދެވުމަށް މިހާރުވެސް އެކި ކުންފުނިތަކާއި ޓްރަމްޕް ވަނީ ވާހަކަދައްކަވާފައި
މި ޕްލެޓްފޯރމް ވެގެންދާނީ ވަރަށް ބޮޑު ޕްލެޓްފޯރމަކަށް ކަމަށާއި އެތައް މިލިއަން ބަޔަކު މިޕްލެޓްފޯރމާ ގުޅޭނެކަމަށް ސްޕޯކްސްޕާސަން ވިދާޅުވި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕެލްޓްފޯމަކުން ކުރިޔަށް އޮތް ދެތިން މަސްތެރޭގައި ސޯޝަލް މީޑިއާއަށް އެނބުރި ވަޑައިގަންނަވާނެކަމަށް ޓްރަމްޕްގެ ސްޕޯކްސްޕާރސަން ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުން ޓްރަމްޕްގެ ސްޕޯކްސްމަން ޖޭސަން މިލާ ވިދާޅުވީ ޓްރަމްޕް އުފައްދަވާ ސޯޝަލް މީޑިއާ ޕްލެޓްފޯރމަކީ ސޯޝަލް މީީޑިޔާގެ ހުރިހާ ކަމެއް ބަދަލުކޮށްލާނެ ޕްލެޓްފޯރމެއްކަމަށެވެ.

އަމިއްލަ ސޯޝަލް މީޑިޔާ ޕްލެޓްފޯރމެއް އުފެއްދެވުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ޖޭސަން ވިދާޅުވީ އައު ޕްލެޓްފޯރމް އުފެއްދެވުމަށް މިހާރުވެސް އެކި ކުންފުނިތަކާއި ޓްރަމްޕް ވާހަކަ ދައްކަވާފައިވާކަމަށެވެ. މި ޕްލެޓްފޯރމް ވެގެންދާނީ ވަރަށް ބޮޑު ޕްލެޓްފޯރމަކަށް ކަމަށާއި އެތައް މިލިއަން ބަޔަކު މިޕްލެޓް ފޯރމާ ގުޅޭނެކަމަށް ޖޭސަން ވިދާޅުވިއެވެ.

ޓްރަމްޕް ސޯޝަލް މީޑިއާއަށް އެނބުރިވަޑައިގަންނަވާކަމަށް ސްޕޯކްސްޕާސަން ވިދާޅުވެފައިމިވަނީ ޓްވިޓަރ އަދި އެހެން މީޑިއަމްތަކުން ޓްރަމްޕްގެ އެކައުންޓްތައް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. އެގޮތުން ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސްކުރާ އިމާރާތް ހުންނަ ކެޕިޓޮލްގައި ހިނގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވާ މޭރުމަކުން ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އެދުވަހު ޕޯސްޓްކުރެއްވުމުން އެޕްލެޓްފޯރމްތަކުން ވަނީ ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް