ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 16:10
ލިޔޯން ކޮޅަށް ޓްރައޯރޭ ޖެހި ގޯލާ އެކު އުފާ ފާޅުކުރަނީ
ލިޔޯން ކޮޅަށް ޓްރައޯރޭ ޖެހި ގޯލާ އެކު އުފާ ފާޅުކުރަނީ
ދި ގާޑިއަން
ޔުރޮޕާ ލީގު
ލިޔޯން އަތުން މޮޅުވެ އަޔެކްސް ފައިނަލާ ގާތަށް
މެޗުގައި އަޔެކްސް އިން ވަނީ ލިޔޯން ކޮޅަށް ހަތަރު ލަނޑުޖަހާފަ
މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ ބުރާސްފަތި ދުވަހުގެރޭ

ލިޔޯންގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރި ހޯދައި ޔޫރޮޕާ ލީގުގެ ފައިނަލާ ގާތަށް އަޔެކްސް ޖެހިލައިފިއެވެ.

އަޔެކްސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ބާޓްރެންޑް ޓްރައޯރޭ ވަނީ 25 ވަނަ މިނެޓުގައި ލަނޑެއްޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި 34 ވަނަ މިނެޓްގައި ކެސްޕާ ޑޮލްބާގް ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް އަޔެކްސް އިން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޔޫނުސް ވަނީ، ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މިލަނޑުތަކާ އެކު އަޔެކްސް އިން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް 66 ވަނަ މިނެޓްގައި މެތިއު ވެލްބުއެނާ ވަނީ ލިޔޯންއަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

އެހެން ނަމަވެސް ޓްރައޯރޭ ވަނީ 71 ވަނަ މިނެޓުގައި އަޔެކްސްގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި އަޔެކްސްއަށް ދެ ގޯލު ކާމިޔާބުކޮށްދިން ޓްރައޯރޭއަކީ، ޗެލްސީން ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް އަޔެކްސްއަށް ދޫކޮށްފައިވާ ކުޅުންތެރިއެކެވެ.

މި މޮޅާއެކީ މުބާރާތުގެ ފައިނަލާއި ގާތަށް އަޔެކްސް ޖެހިލާފައިވާއިރު ޔޫރަޕްގެ މުބާރާތެއްގެ ފައިނަލެއްގައި އަޔެކްސް އިން އެންމެ ފަހުން، ކުޅެފައިވަނީ 1996 ވަނަ އަހަރުއެވެ.

މި ދެ ޓީމު ލިޔޯންގެ ދަނޑުގައި ބައްދަލުކުރާ، ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް