ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 10:59
އައިޖީއެމްއެޗް ނަރުހުން ފަރުވާދިނުމުގައި ހަރަކާތްތެރިވަނީ
އައިޖީއެމްއެޗް ނަރުހުން ފަރުވާދިނުމުގައި ހަރަކާތްތެރިވަނީ
އަވަސް.އެމްވީ
ކޮވިޑް-19
ކޮވިޑް-19: ރާއްޖެއިން 66 ވަނަ މީހާ މަރުވެއްޖެ
 
މިއީ ރާއްޖެއިން މި ބަލީގައި މަރުވި 66 ވަނަ މީހާ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 66 ވަނަ މީހާއެވެ. އެޗްޕީއޭއިން ބުނީ 66 އަހަރުގެ މި ފިރިހެން މީހާ އައިޖީއެމްއެޗްގެ އިމަރޖެންސީއަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި، ގެނައި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އޭނާ މަރުވެފައިވަނީ ރޭގެ 8:45 ހާއިރު ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ބަލިން ރަނގަޅުވެފައިވަނީ 19،897 މީހެކެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2404 އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިވަގުތުވެސް 107 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން ދެއެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު، މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ރާޅަކީ މީގެ ކުރިން ކުރިމަތިވި ވަރަށްވުރެ ވެސް ނުރައްކާތެރި ރާޅެއްކަމަށް ސިއްޙީ އޮފިޝަލުން މައުލޫމާތު ދެއެވެ. އެއާއެކު ރާއްޖޭގައިވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
67%
0%
33%
0%
0%
0%
ކޮމެންޓް