ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 09:48
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް
މަޖިލިސް
ރަށްވެހި ފަތިސް
ދ. އަތޮޅާއި ފ. އަތޮޅުގައި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓް ކޮށްފައި- މިނިސްޓަރ
 
ގޯތި ދޫކުރުން އާ ކައުންސިލާއެކު ކުރިއަށްދާނެ
 
ދ މީދޫގެ ބަނދަރުގެ ޑިޒައިން މިހާރު އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ފައިނަލް ވެފައި
 
ހުރިހާ ރަށެއްގެ މަސައްކަތް ކޮންޓްރެކްކުރެވިފައި

ދ. އަތޮޅާއި ފ. އަތޮޅުގައި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ދ. އަދި ފ. އަތޮޅުގެ ހުރިހައި ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ނެތް ހުރިހާ ރަށެއްގެ މަސައްކަތް މިހާރު އެކި ސްޓޭޖްތަކުގައި ކުރިއަށްދާ ކަމަށެވެ.

ދ. މީދޫ ބަނދަރާ ގުޅޭ ގޮތުން މނިސްޓަރ ވިދާޅުވީ، ބަނދަރުގެ ޑިޒައިން މިހާރު އެއޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ފައިނަލްވެފައި ކަމަށެވެ. އަދި އެރަށުގައި ފަތާ ސަރަހައްދެއް ހެދުމަށް އެމްޓީސީސީއާއެކު ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ހުޅުދެލީގެ ބަނދަރަށް ގެންނަން ރައްޔިތުން ބޭނުންވާ ބަދަލުތައް ކޮންޓްރެކްޓް ތަންދޭ މިންވަރަކުން ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

ދ. އަތޮޅުގެ އެކި ރަށްރަށުން ގޯތި ދިނުމަށް ކައުންސިލްތަކުން އެދެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު އޮތް ކައުންސިލްގެ ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި، އާ ކައުންސިލާއެކު ގޯތިދިނުމުގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
50%
0%
0%
ކޮމެންޓް