ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 22:30
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ހޮނިހިރު ދުވަހު 81 މީހުން ޕޮޒިޓިވްވެ 124 މީހަކު ބަލިން ރަނގަޅުވެއްޖެ
 
މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 22،373ށް އަރާފައި
 
މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2404
 
ކޮވިޑަށް ޓެސްޓުކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ އަދަދަކީ 603،871

ރާއްޖެއިން އިތުރު 81 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު ރާއްޖެއިން އިތުރު 81 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 52 މީހަކާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 22 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހެކެވެ. މިއީ ފާއިތުވި 24 ގަޑިއިރު ނަގާފައިވާ 4886 ސާމްޕަލްގެ ނަތީޖާއެވެ. އެއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 22،373ށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ބަލިން ރަނގަޅުވެފައިވަނީ 19،897 މީހެކެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2404 އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިވަގުތުވެސް 107 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން ދެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ އަދަދަކީ 603،871 އެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު، މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ރާޅަކީ މީގެ ކުރިން ކުރިމަތިވި ވަރަށްވުރެ ނުރައްކާތެރި ރާޅެއްކަމަށް ސިއްޙީ އޮފިޝަލުން މައުލޫމާތު ދެއެވެ. އެއާއެކު ރާއްޖޭގައިވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް