ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 16:05
މަސްޖިދުލް ވިދާދި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަސްޖިދުލް ވިދާދި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ރޯދަމަހަށް އާ މިސްކިތް ހުޅުވުން
މި އަހަރުގެ ރޯދަމަހަށް އާ 3 މިސްކިތެއް ހުޅުވޭނެ: އިސްލާމިކް މިނިސްޓަރ
 
އިތުރު މިސްކިތެއް ރޯދަމަހު މެދުތެރޭގައި ހުޅުވޭވަރު ވާނެ
 
ލ. ފޮނަދޫގައި އިމާރާތްކުރި މިސްކިތް މިހާރުވަނީ ހުޅުވާފައި
 
އަލަށް ހުޅުވުމުގެ މަސައްކަތްކުރާ މިސްކިތް ތަކުގެ ތެރޭގައި މާލޭގެ ކިންގް ސަލްމާން މިސްކިތް ހިމެނޭ

ރޯދަމަހަށް އަލަށް 3 މިސްކިތެއް ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. ޒާހިރު އަލީ "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، ރޯދަމަހަށް އަލަށް ހުޅުވާ މިސްކިތް ތަކުގެ ތެރޭގައި، މާލޭގެ ކިންގް ސަލްމާން މިސްކިތާއި، ލ. ފޮނަދޫ ގައި ބުރާސްފަތި ދުވަހު ހުޅުވި މަސްޖިދުލް ވިދާދި ހިމެނޭ ކަމަށެވެ. އަދި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ މިސްކިތް ވެސް ރޯދައަށް ހުޅުވުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ލ. ގަން، މަތިމަރަދޫގައި އަލަށް އިމާރާތްކުރާ މިސްކިތް ވެސް ރޯދައަށް ހުޅުވުމަށް މަސައްކަތް ކޮށްދެއްވުމަށް ކޮންޓްރެކްޓަރުންގެ އަރިހުން އެދިވަޑައިގެންފައި ވާކަމަށެވެ. އަދި އެ މިސްކިތް ނިންމުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދާ ކަމަށާއި، ރޯދައަށް މިސްކިތުގެ މަސައްކަތްތައް ނިމިއްޖެ ނަމަ އެ މިސްކިތް ރޯދައަށް ހުޅުވާނެކަމަށް ވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި މިސްކިތް ހުޅުވޭވަރުވާނި ރޯދަމަހު މެދުތެރޭގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަރާމާތަށްފަހު އަލުން މިސްކިތްތަށް ހުޅުވުމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ވަރަށް ބޮޑު މަރާމާތެއް ކުރަން ޖެހިފައިވާ ހާލަތެއްގައި މެނުވީ، މިސްކިތްތަށް މަރާމާތުކުރުމަށްފަހު އަލުން ހުޅުވުމުގެ އުސޫލު މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ. އަދި އެފަދަ ބޮޑު މަރާމާތެއް ކުރުމަށްފަހު، މިރޯދަމަހަށް މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައި ނުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
11%
67%
0%
11%
11%
0%
ކޮމެންޓް