ކ. މާލެ
|
17 މާރޗް 2021 | ބުދަ 22:28
އެމްއެންޑީއެފް އެސްއޯޖީ ތައާރަފް ކުރުމަށް ބަންޑާރަކޮށީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް އެސްއޯޖީ ތައާރަފް ކުރުމަށް ބަންޑާރަކޮށީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަން ގުރޫޕް
މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގުރޫޕް ތަޢާފަރުކޮށްފި
މި ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަގާމުތަކަށް އައްޔަން ކުރެވުނު އޮފިސަރުންނަށް ލިޔުން ވަނީ ދީފައި
އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެއް

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް (އެސްއޯޖީ) ތަޢާފަރުކޮށްފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެސްއޯޖީގެ ބައެއް މަގާމުތަކަށް އައްޔަން ކުރެވުނު އޮފިސަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.

އެމްއެންޑީއެފްގެ މެރިންކޯރގައި ބުދަ ދުވަހު އަލަށް ތައާރަފު ކުރެވުނު އެސްއޯޖީއަކީ އެމްއެންޑީއެފުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އިތުރު އެލީޓް ފޯސްއެކެވެ. އަދި މި ފޯސްއަކީ އެމްއެންޑީއެފްގެ އައު އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވާ ގޮތަށް އެއްގަމާއި ކަނޑުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ބާރެކެވެ.

އެމްއެންޑީއެފުން ބުނީ ސްޕެޝަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމުގެ އިލްމާއި ހުނަރު ލިބިފައިވާ އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަތިވެރި އަސްކަރީ އަޚުލާގުގެ މަތީގައި ސާބިތުވެ ތިބޭ މި ޚިދުމަތްތެރިންގެ ސަބަބުން މެރިންކޯރގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

މެރިންކޯރގެ ސްޕެޝަލް އޮޕްރޭޝަން ގްރޫޕް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ އިތުރުން މެރިންކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި އެމްއެންޑީއެފްގެ ޑައިރެކްޓަރޭޓްތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން މެރިންކޯރގެ އިސްވެރިން ބައިވެރިވިއެވެ.


Advertisement
- ކޮމެންޓް
18 މާރޗް 2021 | ބުރާސްފަތި 08:26
Hafee Zaa
އަލްހަ.މްދުލިލްލާހި