ކ. މާލެ
|
17 މާރޗް 2021 | ބުދަ 15:11
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލިސް
ފަޅު ރަށްތަކުގެ އޮޑިޓެއް ހެދުން
ފިޝަރީޒް މިނިސްޓްރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށުގެ އޮޑިޓެއް ހެދުމަށް މަޖިލީހުން ފާސްކޮށްފި
 
މި ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީން ވަނީ ބައެއް މިނިސްޓްރީތަކާއި ބައެއް ކައުންސިލްތަކާ ބައްދަލު ކޮށްފައި
 
މިކަން ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުން

ފިޝަރީޒް މިނިސްޓްރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށުގެ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިކަން ފާސް ކޮށްފައިވަނީ ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ފޮނުއްވާފައިވާ ސިޓީ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލޭ އަދި ގެއްލިފައިވާ މީހުންނާއި ރަށްރަށުގައި އާމްދަނީ ނުލިބިދާނެކަމުގެ ބިރުހީވެފައިވާ ތިބި ރައްޔިތުންނަށް ތަސައްލީއެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ފޮނުއްވާފައިވާ ސިޓީ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދަނޑުވެރިކަން ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ދޫކޮށްފައިވާ ފަޅުރަށްތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކާއި، މިނިސްޓްރީގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްތަކުގެ އޮޑިޓެއް (ކޮންޓްރެކްޓް އޮޑިޓެއް) ހެދުމަށް ފިޝަރީޒް މިނިސްޓްރީއަށް ދެންނެވުމަށް ވަނީ ނިންމާފައެވެ.

އަދި ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބީލަމުގެ އުސޫލުން އަމިއްލަ ފަރާތްތަކަށް ރަށްތައް ހުޅުވާލާއިރު ދިމާވާ ގެއްލުންތައް ކުޑަކުރުމަށް ޑިއު ޑިލިޖެންސް ހެދުމަށާއި، ސަރުކާރުގެ ފަރާތުން ބީލަމަށް ހުޅުވާލުމަށް ގަސްތުކުރާ ރަށްތައް ހިމެނިފައިވާކަން ކަށަވަރުކުރުމަށާއި އެންމެހައި ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު ރަށްތައް ހުޅުވާލުމަށާއި، ބީލަމުގެ އުސޫލުން އަމިއްލަ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީން ބ.މާއްޑޫ ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށްފަހު، ބ.މާއްޑޫ ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް ނިންމެވުމުގެ ސަބަބުން އިންވެސްޓަރުންނަށް ކުރިމަތިވި ގެއްލުންތަކަށް ރިޢާޔަތްކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ދެންނެވުމަށް ވެސް ވަނީ ނިިންމާފައެވެ.

މި ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީން ވަނީ ފިޝަރީޒް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީގެ އިތުރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަދި ބައެއް ރަށްރަށުގެ ކައުންސިލާ ވެސް ބައްދަލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް