ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 00:53
އެތްލެޓިކޯ އަތުން ރެއާލް މޮޅުވި މެޗަށްފަހު ބޭއްވި ޕްރެސްގެ ތެރެއިން
އެތްލެޓިކޯ އަތުން ރެއާލް މޮޅުވި މެޗަށްފަހު ބޭއްވި ޕްރެސްގެ ތެރެއިން
ގޫގުލް
ޗެމްޕިއަންސް ލީގު
ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން
އެތްލެޓިކޯ އަތުން ރެއާލް މޮޅުކޮށްދިން 3 ލަނޑުވެސް ޖަހާފައިވަނީ ރޮނާލްޑޯ
ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނީ ރޮނާލްޑޯގެ ކުޅުމާމެދު ތައުރީފު ކޮށްފަ
ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެތްލެޓިކޯގެ ދަނޑުގަ

ރޮނާލްޑޯ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ފެންވަރު ދައްކާލައިފި ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނައްދީން ޒިދާން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވި މެޗަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ރެއާލް ގެ ކޯޗް ޒިދާން ބުނީ، މި މެޗުގައި ރޮނާލްޑޯ އޭނާގެ ފެންވަރު ދައްކާލައިފި ކަމަށާއި، އެއީ މުޅިން ތަފާތު ކުޅުންތެރިއެއް ކަމަށެވެ. އެގޮތުން ރޮނާލްޑޯ އޭނާގެ ފޯމުގައި ހުރެފި ނަމަ އަބަދުވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ ކަމަށާއި، ނަމަވެސް މިވަގުތު އޭނާއަށް އަރާމުކުރުން ވަރަށް މުހިންމު ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ. ޒިދާން ބުނެފައިވަނީ ކުރިއަށް ހުރީ ވަރަށް މުހިންމު މެޗުތަކެއް ކަމަށާއި، އެހެން ކަމުން ރޮނާލްޑޯ އަށް އަރާމު ކުރުމަށް ވަގުތު ދިނުން ވަރަށް މުހިންމު ކަމަށެވެ.

3-0 ގެ ނަތިޖާއަކުން މި މެޗް ރެއާލުން ކާމިޔާބު ކުރިއިރު މެޗްގައި ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރޮސްޓިއާނޯ ރޮނާލްޑޯ އެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ޒިދާން ބުނީ، މެޗުގައި ރެއާލްގެ ކުރިހާ ކުޅުންތެރިންވެސް ދެއްކު ކުޅުމާއިމެދު ވަރަށް ބޮޑަށް ފަޙުރުވެރިވާ ކަމަށާއި، އެގޮތުން ރޮނާލްޑޯ އާއި އިސްކޯ ދެއްކި ކުޅުން ފާހަގަ ކުރާކަމަށެވެ. އެތްލެޓިކޯ މެޗުގައި އިސްކޯއަށް ވަނީ ފުރަތަމް އެގާރައިން ފުރުސަތު ދީފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ، އެތްލެޓިކޯ އަކީ ވަރުގަދަ ޓީމެއް ކަމަށާ، މެޗުގައި 3 ލަނޑު ކާމިޔާބުކުރެވުމަކީ ކުޑަ ކަމެށް ނޫން ކަމަށެވެ. އެހެންކަމުން ދެވަނަ ލެގުގައިވެސް މޮޅު ކުޅުމެއް ދައްކައި ފައިނަލުގެ ޖާގަ ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ވަނި ރޮނާލްޑޯ މެޗުގައި ދެއްކި މޮޅު ކުޅުން ފާހަގަ ކޮށް އޭނާއަށް ތައުރީފް ކޮށްފައެވެ.

ރެއާލް މެޑްރިޑް އަދި އެތްލެޓިކޯ މެޑްރިޑް ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެތްލެޓިކޯގެ ދަނޑުގައެވެ.

- ކޮމެންޓް