ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 00:52
މޮނަކޯގެ ކޯޗް ލިއަނާޑޯ ޖާޑިމް
މޮނަކޯގެ ކޯޗް ލިއަނާޑޯ ޖާޑިމް
ގޯލް.ކޮމް
ޗެމްޕިއަންސް ލީގު
މޮނާކޯވެސް އޮތީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަޒުމުގައި: ޖާޑިމް
ޔުވެންޓަސްގެ ޑިފެންސް ލައިނުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން
ޔުވެންޓަސް ކޮޅަށް ލަނޑު ޖެހުމުގެ ހިތްވަރު މޮނާކޯގައި އެބަހުރި

ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދިއުމުގެ މެންޓަލިޓީ މޮނަކޯގެ ޓީމުގައި ވެސް ވަރަށް ބޮޑަށް އެބަހުރި ކަމަށް މޮނަކޯގެ ކޯޗް ލިއަނާޑޯ ޖާޑިމް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ސެމީ ފައިނަލު މެޗުގައި އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ޖާޑިމް ބުނީ މި މެޗުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ފައިނަލުގެ ޖާގަ މުޅިން ކަށަވަރު ވާނީ ދެ ވަނަ ލެގް މެޗުން ކަމަށެވެ.

ޖާޑީމް ބުނީ މި މެޗުގައި ޔުވެންޓަސްއިން ލަނޑު ޖެހިޔަސް އަވޭ މެޗުގައި އެޓީމު ކޮޅަށް ލަނޑު ޖެހުމުގެ ހިތްވަރުވެސް މޮނަކޯގެ ޓީމުގެ ކިބައިގައި އެބަހުރި ކަމަށެވެ.

ޖާޑީމް ބުނީ ޔުވެންޓަސްގެ ޓީމުގައި މެޗުން މޮޅުވުމުގެ މެންޓަލިޓީ އެބަހުރި ކަމަށާއި އަދި އެޓީމަކީ ހަމަލާ އުފެއްދުމުގައާއި ޑިފެންސް ކުރުމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަމަށެވެ.

އޭނާ ބުނީ ދެ ވަނަ ބުރުގައި މޮނަކޯ ވާދަ ކުރި މެންޗެސްޓާ ސިޓީ އާއި ކުއާޓާ ފައިނަލުގައި ވާދަ ކުރި، ބްރޫޝިއާ ޑޯޓުމަންޑަކީ ޔުވެންޓަސްއަށް ވުރެ ޑިފެންސް ބަލިކަށި ދެ ޓީމު ކަމަށެވެ. އެހެންވެ ޔުވެޓަސްއާ ދެކޮޅަށް ނިކުންނައިރު އެކަމާ ސަމާލުވާން ޖެހޭނެ ކަމަށް ޖާޑިމް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް