ކ. މާލެ
|
15 މާރޗް 2021 | ހޯމަ 13:42
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަނުކުރުން
ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ލީޒާ އައްޔަންކުރުމަށް ކޮމިޓީއަށް ނުފެންނަ ކަމަށް ނިންމައިފި
 
އިންސާނީ ހައްގުތަކާ ގުޅުންހުރި ދާއިރާއަކުން އެއްވެސް ތަމްރީނެއް ފުރިހަމަކޮށްފައި ނުވާކަން ކޮމިޓީން ފާހަގަ ކޮށްފައިވޭ
 
އިންސާނީ ހައްގުތަކުގެ ދާއިރާއިން ތަޖުރިބާ ލިބިފައިނުވާ ކަން ކޮމިޓީން ފާހަގަ ކޮށްފައިވޭ

ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ލީޒާ އައްޔަންކުރުމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބުނީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ގެ ދަށުން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކު އައްޔަނުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތާ ކޮމިޓީން އިންޓަރވިއު ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އެފަރާތް އެކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރުމަށް ރުހުންދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓު ނެގުނު ކަމަށެވެ.

އެގޮތުން، ޢާއިޝަތު ލީޒާ ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނުކުރުމާމެދު، 17 ފެބުރުވަރީ 2021 ގައި ބޭއްވި ކޮމިޓީގެ ވޯޓަށް އެހުމުން، އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިފައިނުވާތީ، އެ ފަރާތުގެނަން ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްވެފައި ނުވާ ކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން ޢާއިޝަތު ލީޒާ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތެއް ކަމުގައި ވީނަމަވެސް، އިންސާނީ ހައްގުތަކުގެ ދާއިރާއިން ތަޖުރިބާ ލިބިފައިނުވާ ކަމާއި، އިންސާނީ ހައްގުތަކާ ގުޅުންހުރި ދާއިރާއަކުން އެއްވެސް ތަމްރީނެއް ފުރިހަމަކޮށްފައި ނުވާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
20%
20%
0%
0%
0%
60%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި