ފަތަހަ ސްޓަރ ފިހާރަ ފަޅާލައި ވައްކަންކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ފިހާރައިގެ ދޮރު ހަލާކުކޮށްގެން ވަދެފައިވަނީ ރޭ ފަތިހު 3:55 ހާއިރުކަމަށް ފަތަހަ ސްޓަރ ފިހާރައިން މައުލޫމާތުދެއެވެ.
މިހާތަނަށް ބެލިބެލުމުން، ފިހާރައިގެ ހުރި ވަކިލާރީގެ ތެރެއިން 700 އެއްހާ ރުފިޔާ މަދު ކަމަށާއި، ފިހާރައިގެ މުދަލަށް ވަރަށް ބޮޑަށް ގެއްލުންދީފައިވާކަން ފާހަގަކުރެވޭކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ. ފިހާރައިގެ ސީސީޓީވީ ފުޓޭޖުން 2 މީހަކު މިކަމުގައި އުޅޭ މަންޒަރު ފެންނަން ހުރިކަމަށް ފިހާރައިން މައުލޫމާތުދެއެވެ.
ފިހާރައިން ވައްކަން ކޮށްފައިވާކަން އެނގުނީ ހެނދުނު 9:00 ޖެހިއިރު ފިހާރަ ހުޅުވަން ދިޔައިރުކަމަށާއި، އެ މައްސަލަ 9:06 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
![](https://dyncz33htw1ec.cloudfront.net/posts/07db89d4-565d-4ccf-b153-5abb509b5b56.png)