ކޮވިޑް-19 އަށް އުފެއްދި ވެކްސިން ތަކުގެ ތެރެއިން އެއް ޒޯޒް ޖަހާ ގޮތަށް އުފެއްދި ހަމައެކަނި ވެކްސިން ކަމުގައިވާ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފްރާންސްގައި ދީފިއެވެ.
ފްރާންސްގެ ހެލްތު ރެގިޔުލޭޓަރ އިން ހުކުރު ދުވަހު ބުނެފައިވަނީ އެވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ. ފްރާންސުން މިކަން ހާމަކޮށްފައި މިވަނީ ޔޫރަޕިއަން ޔޫނިއަނުން ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބޭނުންކުރުމުގެ ހުއްދަދިންތާ އެއް ދުވަސް ފަހުންނެވެ.
ފްރާންސްގެ ހެލްތު ރެގިޔުލޭޓަރ އިން ބުނެފައިވަނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން އުމުރުން 18 އަހަރުން މަތީގެ މީހުންނާއި 65 އަހަރުން މަތީގެ މީހުންނަށްވެސް ޖަހާނެކަމަށެވެ.
ޖޯންސަން އެންޑް ޖޯންސަން ވެކްސިނަކީ ފްރާންސްގައި ޖަހާ ކޮވިޑްގެ ހަތަރު ވަނަ ވެކްސިނެވެ.
ޔޫރަޕިއަން މެޑިސިން އެޖެންސީން ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ބުރާސްފަތި ދުވަހު ދީފައިވަނީ މަހެއް ތެރޭގައި ޝިޕްމަންޓްތައް ފޯރުކޮށްދޭގޮތަށެވެ.